Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައު ޓަރމިނަލް ހުޅުވުން އަވަސް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒީރު އަމީން

އައު ޓަރމިނަލް ހުޅުވުން އަވަސް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒީރު އަމީން

އައިޝަތު ރުވާ ރިފްޢަތު
641 ދުވަސް ކުރިން - 7 ޑިސެންބަރު 2024 18:11
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ޚުލާސާ

މިހާރު މަސައްކަތް ކުރަމުން މިދަނީ ކުރިން ކަނޑައެޅި ތާރީޚަށްވުރެ އަވަސް ތާރީޚެއްގައި އައު ޓަމިނަލް ހުޅުވާއި ޚިދުމަތް ދޭން ފެށުމަށް.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ކުރިން ކަނޑައަޅާފައި އޮތް ތާރީޚަށްވުރެ އަވަސް ތާރީޚެއްގައި އެތަން ހުޅުވައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ވައިގެ ދަތުރު ފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ. މި ޚިތާބުގައި ވަޒީރު ވިދާޅުވީ ވައިގެ ދަތުރުފަތުރަކީ މިހާރު އިޤްތިޞާދީ އަދި އިޖުތިމާޢި ކުރިއެރުމާއި ތަރައްޤީގެ "އިންޖީނު" ކަމަށެވެ.

ވަޒީރު އަމީން ވިދާޅުވީ ރާއްޖެ ހިމެނެނީ ވައިގެ ދަތުރުފަތުރުގެ ވައްޓަފާޅިއަށް އައި ޒަމާނީ ބަދަލުތަކާއި ފުރިހަމައަށް ފައިހަމަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރޭގައިކަމަށެވެ. އަދި ރާއްޖޭގެ އެއަރލައިންތަކުންވެސް ތަފާތު މަރުކާގެ ބޯޓުތައް ގެނެސް އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ވަޒީރު އިތުރަށް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ބައިނަލްއަޤްވާމީ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ވަރަށް ހަލުއި ކަމާއެކު ކުރިއަށްދާކަމަށެވެ. އަދި ސަރުކާރުގެ އިސްނެގުމާއެކު މިހާރު މަސައްކަތް ކުރަމުން މިދަނީ ކުރިން ކަނޑައެޅި ތާރީޚަށްވުރެ އަވަސް ތާރީޚެއްގައި އައު ޓަމިނަލް ހުޅުވާއި ޚިދުމަތް ދޭން ފެށުމަށްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވަނީ ރާއްޖޭގައި ހެލިކޮޕްޓަރ އޮޕަރޭޝަންތައް އަލުން ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން މެޑިކަލް އިވެކުއޭޝަން އަދި ރިސޯޓްތަކާއި އެއަޕޯޓާއި ދެމެދު ފަތުރުވެރިން ވައިގެ މަގުން އުފުލުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން ވިދާޅުވީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ ފަރާތުން އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށް އޮޑިޓްއެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީމިނިސްޓަރ މުހައްމަދު އަމީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

50 ދުވަސް ކުރިން - 13:55

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

132 ދުވަސް ކުރިން - 14:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

148 ދުވަސް ކުރިން - 19:25

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

160 ދުވަސް ކުރިން - 22:14

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެސިޓީގައި 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށަނީ

164 ދުވަސް ކުރިން - 22:11

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ދެނީ

ތިމާވެއްޓާރައްޓެހި އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ދެނީ

179 ދުވަސް ކުރިން - 14:01