އުސްގެކޮޅު މަރާމާތުކުރުމަށް ސަރުކާރާއި ހަވާލުކޮށްފި

އާނާ ފަހީމް | 200 ދުވަސް ކުރިން - 7 ޑިސެންބަރު 2024 18:26
މޭޔަރު އާދަމް އާޒިމާއި ދިވެހި ބަހާއި ގައުމިއްޔަތާއިބެހޭ ވަޒީރު އާދަމް ނަސީރު/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
މޭޔަރު އާދަމް އާޒިމާއި ދިވެހި ބަހާއި ގައުމިއްޔަތާއިބެހޭ ވަޒީރު އާދަމް ނަސީރު/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚުލާސާ

އުސްގެކޮޅު މަރާމާތުކޮށް އާބާތުރަ ފިލުވުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން އެތަން ދިވެހި ބަހާއި ގައުމިއްޔަތާބެހޭ ވުޒާރާއާ ހަވާލުކުރުމަށް މޭޔަރު އާޒިމާއި ދިވެހި ބަހާއި ގައުމިއްޔަތާބެހޭ ވަޒީރު އާދަމް ނަސީރު މިއަދު މަޝްވަރާ ކުރައްވައިފި.

އުސްގެކޮޅު މަރާމާތުކޮށް އާބާތުރަ ފިލުވުމާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ދިވެހި ބަހާއި ގައުމިއްޔަތާބެހޭ ވަޒީރު އާދަމް ނަސީރު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަމަކީ، ކުރީގެ ރަސްކަން ކުރެއްވި ގަނޑުވަރުގެ ބައެއް ކަމަށްވާ އުސްގެކޮޅުގެ އާސާރީ ސިފަތައް ދެމެހެއްޓުމާއެކު އާބާތުރަ ފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މައްޗަށެވެ.

އުސްގެކޮޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ވީނަމަވެސް، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެތަން ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި އުސްގެކޮޅު މަރާމާތުކޮށް ރީތިކުރުމަކީ ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ.. އެހެންކަމުން، ދިވެހި ބަހާއި ގައުމިއްޔަތާބެހޭ ވުޒާރާއިން އެދިވަޑައިގެންނެވި ގޮތަށް، އެތަން އާބާތުރަ ފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ވުޒާރާއާ ހަވާލުކުރެއްވުމަށު ނިންމަވާފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އުސްގެކޮޅަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ތަނެއް ކަމަށްވާތީ، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޭގެ އާޘާރީ އަދި ތާރީޚީ އަގު ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%