Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި؛ ޕާޓީ ތެރޭގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއް

އެމްޑީޕީ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި؛ ޕާޓީ ތެރޭގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއް

އައިޝަތު ރުވާ ރިފްޢަތު
88 ދުވަސް ކުރިން - 25 އޭޕްރިލް 2026 00:25
ހަމަލާ ދިން މީހާއާ މުޒާހަރާގެ ބައިވެރިއެއް ކުރިމަތިލަނީ---
ހަމަލާ ދިން މީހާއާ މުޒާހަރާގެ ބައިވެރިއެއް ކުރިމަތިލަނީ---
ޚުލާސާ

އާޒިމަށް ހަމަލާދީފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ސަޕޯޓަރެއް ކަމެއް ނުވަތަ ޕާޓީ ތެރޭގައި އުފެދިފައިވާ ފެކްޝަނަކުން ފޮނުވި ބައެއްކަން އަދި ސާފެއް ނުވެ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން، މިރޭ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދީފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މުޒާހަރާ ކުރިއަށްދިޔަ ވަގުތު، މުޒާހަރާގެ ބޭރުން އައި މީހަކު އާޒިމަށް ހަމަލާދޭން އުޅުމުންނެވެ. އެ ވަގުތު މުޒާހަރާގެ ބައިވެރިއަކު އެ މީހާއަށް ހުރަސްއެޅި ނަމަވެސް، އެހިސާބުން ހަމަލާދިން މީހާއާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި މި ހަމަލާތައް ކޮންޓްރޯލް ކުރުމަށް އެމްޑީޕީގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ސަރަހައްދުގެ އަމާންކަން ނަގާލަން އެމްޑީޕީ ސަޕޯޓަރުން މަސައްކަތްކުރި މަންޒަރުވެސް ވަނީ ފެނިފަ އެވެ.

މޭޔަރު އާޒިމަށް ހަމަލާދީފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ސަޕޯޓަރެއް ކަމެއް ނުވަތަ ޕާޓީ ތެރޭގައި އުފެދިފައިވާ ފެކްޝަނަކުން ފޮނުވި ބައެއްކަން އަދި ސާފެއް ނުވެ އެވެ. މި ހާދިސާ ހިނގާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، ބޮޑެތި ކޯޅުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement

Advertisement 1

ޕާޓީ ތެރޭގެ ނުތަނަވަސްކަން ފުރަތަމަ ބޮޑުވެގެން ދިޔައީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން އެމަނިކުފާނު ޖަލްސާ ބޮއިކޮޓު ކުރެއްވި ހިސާބުންނެވެ. އޭގެ ފަހުން ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން މުހައްމަދު ނަޝީދާއި މީކާއީލް އަހްމަދު ނަސީމްގެ ކެމްޕެއިން ޓީމުތަކުގެ ދެމެދުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށާފަ އެވެ. އަދި ވޯޓުލެވޭ ދަފްތަރާ ގުޅިގެން ނަޝީދުގެ ފެކްޝަނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މި ހަލަބޮލިކަމުގެ ތެރެއިން، އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން މިހާރު ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ބާތިލުކުރުމަށް އަންގާފަ އެވެ. އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް، ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އިންތިހާބު ބޭއްވުމަށް ކުރި އިއުލާނަކީ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ. ގަވާއިދު ބުނާގޮތުން އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އޮންނަނީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސަށެވެ.

ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވަމުންދާއިރު، އާދަމް އާޒިމް ރަސްމީކޮށް ވާދަކުރައްވާނެކަން އިއުލާނު ނުކުރެއްވި ނަމަވެސް، އޭނާ ވާދަކުރައްވާނެ ކަމަށް ބޮޑަށް ބެލެވެ އެވެ. މިހާތަނަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ ރައީސް ސޯލިހާއި، ފައްޔާޒު އިސްމާއީލްގެ އިތުރުން އަހްމަދު ޝަމްހީދެވެ. އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.

މޭޔަރު އާޒިމަށް ދިން ހަމަލާ ކުށްވެރިކުރައްވަމުން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެކްސްގައި ވިދާޅުވީ، ސުލްހަވެރި މުޒާހަރާއެއްގެ ތެރެއިން މޭޔަރަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މި މައްސަލަ ތަހުގީގުކޮށް އާޒިމަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

މޭޔަރު އާދަމް އާޒިމްއެމްޑީޕީ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

3 ދުވަސް ކުރިން - 05:40

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

37 ދުވަސް ކުރިން - 00:13

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

45 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

45 ދުވަސް ކުރިން - 10:25