Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެސްޓީއޯއިން ނޭވާހިއްލުމާއި ސީއޯޕީޑީ ބަލި ފަރުވާކުރުމަށް އައު އުފެއްދުންތަކެއް ތަޢާރަފުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
687 ދުވަސް ކުރިން - 7 ޑިސެންބަރު 2024 17:45
މި އުފެއްދުންތައް ތަޢާރަފުކުރުމުގެ ރަސްމިއްޔާތު
މި އުފެއްދުންތައް ތަޢާރަފުކުރުމުގެ ރަސްމިއްޔާތު
ޚުލާސާ

މި އުފެއްދުންތައް ތަޢާރަފުކުރުމަކީ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށާއި އަދި އިންޤިލާބީ ޞިއްޙީ ޙައްލުތަކެއް ތަޢާރަފުކުރަމުން ގެންދިއުމަކީ އެ ކުންފުނީގެ ފަޚުރެއް ކަމުގައި ސްޓީއޯއިން ފާހަގަކުރި.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެސްޓްރާޒެނެކާއާ ގުޅިގެން ނޭވާހިއްލުމާއި ސީއޯޕީޑީ ބަލި ފަރުވާކުރުމަށް އައު އުފެއްދުންތަކެއް ކަމުގައިވާ ސިމްބިކޯޓް ޓަރބުހޭލަރ އަދި ޕަލްމިކޯޓް ރެސްޕިއުލްސް ރަސްމީކޮށް ދިވެހިރާއްޖޭގައި ތަޢާރަފުކޮށްފިއެވެ.

މި އުފެއްދުންތައް ތަޢާރަފުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައެވެ. މި ރަސްމިއްޔާތުގައި 60 އާ ގާތްކުރާ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކަވަމުން އިންޑިއާގެ މަޝްހޫރު ޕަލްމޮނޮލޮޖިސްޓް ޑރ. ރެނިސް ޑޭވިސް ވިދާޅުވީ، ނޭވާހިއްލުމާއި ސީއޯޕީޑީ ބަލި ފަރުވާކުރުމުގައި ގްލޯބަލް އިނީޝިއޭޓިވް ފޯ އެސްތްމާ (ގީނާ) ގެ ގައިޑްލައިންތައް މުހިންމުކަމަށެވެ، އަދި މި ގައިޑްލައިންތަކުގައި އެސްއޭބީއޭ (ޝޯޓް-އެކްޓިންގ ބީޓާ އެގޮނިސްޓް) އެކަނި ބޭނުންކުރުން މަދުކުރުމަށް ބާރުއަޅާފައިވާކަމާއި، ބަލި ދެމެހެއްޓުމަށާއި ލުއިކުރުމަށް ބޭނުންކުރާ ބޭސްތަކުގެ މައްޗަށް އިސްކަންދީފައިވާކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ސިމްބިކޯޓް ޓަރބުހޭލަރއަކީ ބޭނުންކުރަން ފަސޭހަ، އެޑްވާންސްޑް ޑްރައި ޕައުޑަރ އިންހޭލަރެކެވެ. މި އިންހޭލަރަކީ އާންމުކޮށް ބޭނުންކުރާ އެސްއޭބީއޭ ރިލީވަރތަކާއި އަޅާބަލާއިރު އަވަސް، ރަނގަޅު އަދި ފަސޭހަ ލުޔެއް ދޭ އުފެއްދުމެކެވެ.

އެސްޓީއޯއިން ބުނީ، މި އުފެއްދުންތައް ތަޢާރަފުކުރުމަކީ ދިވެހި މުޖުތަމަޢުއަށް ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މުހިންމު ސިއްޙީ ބޭނުންތަކަށް އަމާޒުކޮށްފައިވާ އިންޤިލާބީ ޞިއްޙީ ޙައްލުތަކެއް ތަޢާރަފުކުރަމުން ގެންދިއުމަކީ އެސްޓީއޯގެ ފަޚުރެއް ކަމުގައި ވެސް އެސްޓީއޯއިން ބުންޏެވެ.

މި އައު އުފެއްދުންތަކަކީ ނޭވާހިއްލުމާއި ސީއޯޕީޑީ ބަލި ފަރުވާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، ނޭވާލާ ނިޒާމުގެ ސިއްޙަތާ ގުޅުންހުރި މުހިންމު ކަންކަމަށް އަމާޒުކޮށްފައިވާ އުފެއްދުންތަކެކެވެ. ޚާއްޞަކޮށް ޕަލްމިކޯޓް ރެސްޕިއުލްސްއަކީ ސިސްޓަމިކް ސްޓެރޮއިޑްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ވަރަށް ފުރިހަމަ އަދި ރަނގަޅު އުފެއްދުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެސްޓީއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

54 ދުވަސް ކުރިން - 15:54

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

60 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

67 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

70 ދުވަސް ކުރިން - 21:15

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

76 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

136 ދުވަސް ކުރިން - 13:57