މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކުރި އަލިމަސް ކާނިވަލްގެ ސްޓޭޖު އާކުރަން އިޢުލާނުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ 2004 ވަނަ އަހަރު ހުޅުވި އަލިމަސް ކާނިވަލްގައި އަޅާފައިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އަލަށް އަޅާ ސްޓޭޖުގެ ކޮންސެޕްޓު ޑިވެލޮޕްކުރުމާއި އިންޖިނިއަރިންގ ކުރެހުންތައް ތައްޔާރުކުރަންޖެހޭނީ ކައުންސިލުގެ ޓެކްނިކަލް އިރުޝާދުގެ ދަށުން މަސައްކަތާއި ހަވާލުވާ ކުންފުނިން ކަމަށް ވެސް ބުނެފައިވެއެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޖުލައި މަހުއެވެ. މޭޔަރު އާދަމް އާޒިމް އޭރު ވަނީ ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ބާވެ، އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އަނިޔާއެއް ވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.









