Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބަލިމީހެއްގެ މަޢުލޫމާތު ހާމަކުރުމާއި ގުޅިގެން އެންސްޕާއިން މާފަށް އެދިއްޖެ

ބަލިމީހެއްގެ މަޢުލޫމާތު ހާމަކުރުމާއި ގުޅިގެން އެންސްޕާއިން މާފަށް އެދިއްޖެ

ހުސައިން އިސްމާއިލް
554 ދުވަސް ކުރިން - 4 ޑިސެންބަރު 2024 12:45
އެންސްޕާ އޮފީސް
އެންސްޕާ އޮފީސް
ޚުލާސާ

ބަލިމީހުންނަށް އެހީ ދޭއިރު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރަމުންދިޔަ ދަނޑިވަޅެއްގައި އައިޑެންޓިޓީ ހާމަނުކޮށް ނަމަވެސް ދީފައިވާ އެހީގެ ތަފްސީލް ހާމަކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެންސްޕާއިން ބުނެފި.

ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް ދިން އެހީގެ ތަފްސީލު ހާމަކޮށް ނެރުނު ބަޔާނަކާއި ގުޅިގެން އެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާފަށް އެދިއްޖެއެވެ.

މިކަން ދިމާވީ، ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެންސްޕާއިން ކުރިން 1000 ޑޮލަރު ދިން ނަމަވެސް، ފަހުން އެހީއަށް އެދުމުން 3048 ރުފިޔާ ދިންކަމަށް ބުނެ އެންސްޕާ ބަދުނާމުވާ ގޮތަށް އެ ބަލިމީހާގެ ޢާއިލީ ގޮތުން ގުޅުން އޮތް މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އިއްޔެ އެންސްޕާއިން ނެރުނު ބަޔާނެއްގައި ބަލިމީހާއަށް ދިން އެހީގެ ތަފްސީލު ހާމަކޮށްފައިވެއެވެ.

އެންސްޕާއިން އެވަގުތު އެ ބަޔާން ނެރެން ޖެހުނީ ދައުލަތުގެ އަގު ވެއްޓޭ ގޮތަށް އަދި އާސަންދަ ފަދަ އެހީތައް ދިނުމުގައި ތަފާތު ގެންގުޅޭ ކަމަށް ގިނަބަޔަކު ސޯޝަލްމީޑިއާގައި ސަރުކާރު ބަދުނާމު ކުރަމުން ދިޔަ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

ނަމަވެސް، މި ބަޔާން ނެރުނުތާ 24 ގަޑިއިރު ފަހުން، އެންސްޕާއިން އިތުރު ބަޔާނެއް ނެރެ، ކުރީގެ ބަޔާނަކީ މީސް މީޑިއާގައި ފެތުރުނު ދޮގު މަޢުލޫމާތުތަކާއި ގުޅިގެން ޙަޤީޤަތް ހާމަކުރުމަށް ނެރުނު ބަޔާނެއްކަމަށް ބުނެފައިވެއެވެ. އަދި ބަލިމީހާގެ އައިޑެންޓިޓީ ހާމަކޮށްފައި ނުވިނަމަވެސް، އެހީގެ މަޢުލޫމާތު ހިމެނިފައިވާތީ، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބުނެ، އެކަމަށް މާފަށް އެދިފައިވެއެވެ.

އާސަންދައެންސްޕާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

7 ދުވަސް ކުރިން - 19:46

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

10 ދުވަސް ކުރިން - 20:58

އެންސްޕާގެ ސީއީއޯގެ މަގާމަށް އައިމިނަތު ޝިރްނާ އައްޔަނުކޮށްފި

އެންސްޕާގެ ސީއީއޯގެ މަގާމަށް އައިމިނަތު ޝިރްނާ އައްޔަނުކޮށްފި

38 ދުވަސް ކުރިން - 14:07

މައްޔިތުން އުފުލުމަށާއި އިތުރު ހިދުމަތްތަކަށް އާސަންދަ ދޭން ފަށައިފި

މައްޔިތުން އުފުލުމާއި އިތުރު ހިދުމަތްތަކަށް އާސަންދަ ލިބޭނެ

70 ދުވަސް ކުރިން - 09:01

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

71 ދުވަސް ކުރިން - 20:17

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

154 ދުވަސް ކުރިން - 20:11