Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފްއެސްއެމްގެ ތެލުން ވައްކަންކުރާ މައްސަލަ ތަޙްޤީޤު ކުރަނީ

އެފްއެސްއެމްގެ ތެލުން ވައްކަންކުރާ މައްސަލަ ތަޙްޤީޤު ކުރަނީ

އައިޝަތު ރުވާ ރިފްޢަތު
637 ދުވަސް ކުރިން - 2 ޑިސެންބަރު 2024 10:04
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް/ ފޮޓޯ: ޚުލާސާ
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް/ ފޮޓޯ: ޚުލާސާ
ޚުލާސާ

މި މައްސަލާގައި މިހާތަނަށް 10 މީހުންނާއި 2 ގެއެއް އަދި ތެޔޮއުފުލާ 2 ބާޖު ފުލުހުންގެ ޙާއްސަ ޓީމުތަކުން ބަލައިފާސްކޮށް، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ވެސް ހޯދާފައިވާކަމަށް ވަޒީރު އިޙްސާން ވިދާޅުވި.

ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، ފައިސާ ލޯންޑަރކުރާކަމަށް ޝައްކުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލަ ތަހުގީގުކުރަމުން ގެންދާކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވަޒީރު އިޙްސާން ވިދާޅުވިގޮތުގައި މި މައްސަލާގައި މިހާތަނަށް 10 މީހުންނާއި 2 ގނާއި 2 ގެއެއް އަދި ތެޔޮއުފުލާ 2 ބާޖު ފުލުހުންގެ ޙާއްސަ ޓީމުތަކުން ބަލައިފާސްކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންވެސް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުންދަނީ ތަހުގީގު ކުރަމުން. މި މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުންވަނީ 10 މީހުނާއި…

— Minister of Homeland Security & Technology (@min_mohst)

ވަޒީރު އިތުރަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންގެ ފަރާތުން މައްސަލައާގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ފާހަގަކޮށް، ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް، ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާއިރު، މީގެ ކުރިންވެސް އެފްއެސްއެމްގެ މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން، އެފްއެސްއެމް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންތަކެއް ގުޅިގެން ތެލުގެ މުއާމަލާތްތަކެއްގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާތީ 3 މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މިއަހަރުގެ ޖެނުއަރީމަހު ދައުވާކޮށްފައެވެ.

މިނިސްޓަރު އަލީ އިހުސާންއެފްއެސްއެމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

7 ދުވަސް ކުރިން - 13:11

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

20 ދުވަސް ކުރިން - 11:58

އެފް.އެސް.އެމްގެ އިހަވަންދޫ ފިއުލް ސްޓޭޝަން އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފި

އެފް.އެސް.އެމްގެ އިހަވަންދޫ ފިއުލް ސްޓޭޝަން އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފި

21 ދުވަސް ކުރިން - 20:16

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

39 ދުވަސް ކުރިން - 09:28

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

49 ދުވަސް ކުރިން - 13:26

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

52 ދުވަސް ކުރިން - 16:38