Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭރު ފައިސާ މާރުކުރުމުގެ ބިލަށް ކާނި އަބްދުﷲ ތާއީދުކުރައްވައިފި

ބޭރު ފައިސާ މާރުކުރުމުގެ ބިލަށް ކާނި އަބްދުﷲ ތާއީދުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
620 ދުވަސް ކުރިން - 1 ޑިސެންބަރު 2024 18:24
އެންއެޗްގޭމްގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ)
އެންއެޗްގޭމްގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ)
ޚުލާސާ

ގެސްޓްހައުސްތަކާއި ހޮޓާތަކުން ޓޫރިސްޓަކަށް ބޮލަކަށް 25 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބިލްގައި ކަނޑައަޅާފައި އޮތުމުން، އުކުޅަހުގައި މިހާރު ވެސް 150 އެއްހާ ކޮޓަރީގެ ގެސްޓްހައުސް ހަދަމުންދާ ކާނި އަބްދުﷲ ތާއީދު ކުރައްވާ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުކުރަމުންދާ ބޭރު ފައިސާއާ ބެހޭ ބިލަށް ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ތާއީދުކުރައްވައިފިއެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 1 ގައި އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުމެވެ. މި ގަވާއިދުގެ ދަށުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަން ޖެހެއެވެ.

އެމްއެމްއޭ އިން އާންމުކުރި ބިލްގައިވާ ގޮތުން، ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން، އަދި ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަންޖެހެއެވެ.

Advertisement

Advertisement 1

ކާނި އަބްދުﷲ އެކްސްގައި ޝާއިއު ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކާއި ހޮޓާތަކުން ޓޫރިސްޓަކަށް ބޮލަކަށް 25 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބިލްގައި ކަނޑައަޅާފައި އޮތުމުން އެކަމަށް ތާއީދު ކުރައްވާ ކަމަށެވެ.

ކާނި އަބްދުﷲ ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތައް ލިބިގެންދާނެއެވެ. "ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތައް ލިބިގެން ދާނެ، އެތައް ވަޒީފާއެއް، ފިހާރަތަކުގެ ވިޔަފާރި ފުޅާވެގެން ދާނެ، ފަރުމަސް ވެރިކަން ކުރާ މީހުން ބާނާ މަސް ކޮޅު ހޮޓަލަށް ގަންނާނެ," އޭނާ ވިދާޅުވިއެވެ.

ކާނި އަބްދުﷲ އަކީ މިވަގުތު ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ އުސް ފަންތީގައި ވިޔަފާރި ކުރަމުންދާ އެއް ފަރާތެވެ. ކާނި އަބްދުﷲ ގެ އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން، އއ. އުކުޅަހުގައި 150 އެއްހާ ކޮޓަރީގެ ގެސްޓްހައުސްއެއްގެ މަސައްކަތް މިހާރު ދާނީ ހަލުވިދުވެލި އެއްގައި ކުރިއަށް ދަމުންނެވެ. އަދި ރިސޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އޭނާ ދަނީ ކުރިއަށް ގެންދަވަމުންކަން ފާހަގަކުރެވެއެވެ.

އެމްއެމްއޭފަތުރުވެރިކަންޑޮލަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

13 ގަޑިއިރު ކުރިން - 12:35

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

16 ގަޑިއިރު ކުރިން - 10:15

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

18 ދުވަސް ކުރިން - 12:27

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

23 ދުވަސް ކުރިން - 18:38

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން

26 ދުވަސް ކުރިން - 10:21

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

28 ދުވަސް ކުރިން - 10:27