ފައިސާ ހޯދަން ވެގެން މަންމައާއި ކޮއްކޮއަށް ވަޅިން ބިރުދެއްކި މީހަކު މާލެ އިން ހައްޔަރުކޮށްފި އެވެ.
މީގެ ކުރިން، މިހަފްތާގއި އުމުރުން 40 އަހަރުގެ މީހަކުވެސް މިފަދަ ކުށެއްގައި ބަންދު ކޮށްފައި ވެއެވެ.
މިފަހަރު ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހެކެވެ. އޭނާގެ ކޮއްކޮ އާއި މަންމަ އަށް ވަޅިން ބިރުދެއްކީ ފައިސާ ނުލިބޭނެ ކަމަށް ބުނުމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ފައިސާ ހޯދަން އުޅުނީ ކުށަކަށް އަރައިގަތުމަށެވެ. އަދި އެ ފައިސާ އަކީ އޭނާގެ އަމިއްލަ ފައިސާއެއް ވެސް ނޫނެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުގައި ފުލުހުން ބުނީ އޭނާ ދިރިއުޅުނު ކޮޓަރިން ވަޅިއެއް ފެނިފައިވާ ކަމަށެވެ.









