ފަލަސްޠީނުގެ މިސްކިތަކަށް ބޮން އަޅައި އެތަން ހަލާކު ކުރުމަށްފަހު ނަމާދުކުރަން މީހުން ތިބޭ ތަނުގައި ހުރެގެން މުސްލިމުން ޝަހީދު ކުރުމުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރިވާ ފޮޓޯތަކެއް ލީކު ވެއްޖެއެވެ.
މި ފޮޓޯތަކުގައި ފެންނަނީ އެމެރިކާގެ ހަނގުރާމަވެރިއެއް ކަމަށްވާ ޔޯއަޑް ޝޯޗެޓް، ޣައްޒާގެ މިސްކިތެއްގެ ތެރޭގައި ސްނައިޕަރެއް ހިފައިގެން ހުރެ މަގުމަތިން ދާ މީހުންނާއި ޢިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ޙަމަލާދޭ މަންޒަރެވެ. .
ޝޯޗެޓްއަކީ އިސްރާއީލުގެ ޕެރާޓްރޫޕަރސް ބްރިގޭޑްގެ 890 ވަނަ ގްރޫޕްގައި މަސައްކަތްކުރާ އެމެރިކާގެ ސްނައިޕަރެއް ކަމަށް ޚަބަރުތައް ބުނެއެވެ..
މި ފޮޓޯތައް ލީކުވުމާގުޅިގެން، ޖަރީމާތައް ތަޙްޤީޤުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލާފައިވެއެވެ.
މިހާތަނަށް ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 50،000 އާއި ގާތްކުރާ ޢަދަދަށް މުސްލިމުން ޝަހީދުވެފައިވާއިރު، މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން، ލައްކައަކަށްވުރެ ގިނަ މީހުން ޒަޚަމްވެ، މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލާފައިވެއެވެ.









