މާލޭ މަގުތަކުގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ފަށައިފިއެވެ. މި މަސައްކަތަކީ "ޗާލު ވެށި - މަގޭ ޒިންމާ" ގެ ނަމުގައި އެ ކުންފުނީގެ މުވައްޒަފުން ހިންގާ ޙަރަކާތެއްގެ ގޮތުގައި ފަށާފައިވާ މަސައްކަތެކެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިންގޮތުގައި، މި ޙަރަކާތުގެ ދަށުން ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެތަންތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި ޙަރަކާތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އަލްފާޟިލް އާދަމް ޢާޒިމް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
މި ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ 'ޗާލު ވެށި – މަގޭ ޒިންމާ' ޙަރަކާތް މިއަދު ވަނީ ފަށާފައި. މި… pic.twitter.com/4BofzfZCYu
— STELCO (@STELCOMALDIVES)މި ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ 'ޗާލު ވެށި – މަގޭ ޒިންމާ' ޙަރަކާތް މިއަދު ވަނީ ފަށާފައި. މި… pic.twitter.com/4BofzfZCYu
— STELCO (@STELCOMALDIVES)
?ref_src=twsrc%5Etfw">November 30, 2024
މުޅި ރާއްޖޭގައި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކާއި ސަބް ސްޓޭޝަންތައް ގާއިމުކޮށްފައިވާއިރު، ރާއްޖޭގައި ބާއްވާ ކޮންމެ އިންތިޚާބެއްގައި ވެސް މި ފޮށިތަކާއި ސްޓޭޝަންތަކުގައި ކެމްޕޭނު ޕޯސްޓަރުތައް ހަރުކުރުމަކީ އާންމު ކަމެކެވެ. މިފަދަ ގޮތްގޮތަށް އެތަކެތި ހަރުކުރުމުގެ ސަބަބުން ޑިސްޓްރިބިއުޝަން ފޮށިތަކާއި ސަބް ސްޓޭޝަންތައް ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ.
މި ޙަރަކާތުގެ ސަބަބުން މާލޭގެ މަގުތަކުގެ މަންޒަރު އިތުރަށް ރީތިވެ، ސާފުތާހިރުކަން އިތުރުވެގެންދާނެއެވެ. އަދި މިއީ ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.









