އެސްޓީއޯ ދަށަށް ފެނަކަ ނުގެންނަން ނިންމައިފިއެވެ.
މިކަން އެ ކުންފުނިން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ކުންފުނިން ބުނެފައިވަނީ ފެނަަކަ އެ ކުންފުނީގެ ދަށަށް ނުގެންނަން ނިންމާފައިވަނީ 24 ނޮވެމްބަރ 2024 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން އެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާތީ ކަމަށެވެ.
އެސްޓީއޯގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ ދަށަށް ނުގެންނަން ނިންމާފައިވާނީ ހުށަހަޅާފައިވާ އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ގޮސްފައި އޮތް މިންވަރު ބަލާފައި އެ ކުންފުނީގެ ބޯޑު ބައްދަލުވުމަކަށްފަހުގައެވެ. އެ ކުންފުނީގެ ޑިރެކްޓާރ ބޯޑުން ފެނަކައިގެ ހިއްސާ ނުގަތުމަށް ނިންމާފައިވާއިރު، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަށް މިވަގުތު އެންމެ ބޮޑަށް ދަރައިފައި ވަނީ ފެނަކަ ކުންފުންޏެވެ.
ކުރިން އޮތްގޮތުންނަމަ އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށަށް ފެނަކަ ގެނައުމަށް އޮތީ ހަމަޖެހިފައެވެ.









