ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފޯރުކޮށްދެމުންދާ ރިސޯޓް ކުނި ކަލެކްޝަން ޚިދުމަތާއި އިތުރު ރިސޯޓެއް ގުޅިއްޖެއެވެ. މިއަދު މި ޚިދުމަތާއި ގުޅުނީ ށ. އަތޮޅުގެ ސިއްރު ފެންފުށި ލެގޫން ރިސޯޓެވެ.
ޚިދުމަތް ފޯރުކޮށްދިނުމާއިގުޅޭ އެއްބަސްވުމުގައި މިއަދު ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
ވެމްކޯއިން ރިސޯޓް ކުނި ކަލެކްޝަން ޚިދުމަތް ތަޢާރަފުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ސިއްރު ފެންފުށި ރިސޯޓާއެކު، ވެމްކޯގެ މި ޚިދުމަތް ލިބިގަންނަ ރިސޯޓުތަކުގެ އަދަދު ވަނީ 9 އަށް އަރައިފައެވެ.
މި ޚިދުމަތް ތަޢާރަފުކުރެވުނީއެވެ. އަދި މި ޚިދުމަތަށް ރަޖިސްޓަރީވާ ހުރިހާ ރިސޯޓަކަށްވެސް ވެމްކޯގެ އުޅަނދުތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މި ޚިދުމަތުގެ ސަބަބުން ރިސޯޓްތަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަސޭހަވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.









