ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ މޫދުން އަނިޔާތަކާއިއެކު ފެނުނު މީހާ 55އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނެއް މިއަދު ވިދާޅުވީ، 55 އަހަރުގެ މި މީހާ ފެނުނީ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުއްޓައި ކަމަށެވެ. އަދި މި އަނިޔާތައް ލިބިފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ޝައްކުކުރެވޭ ކަމަށް ވެސް އެ ފަރާތުން ހާމަކުރެއްވިއެވެ.
"މިހާރު އަޅުގަނޑުމެން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ. އަދި މި ހާދިސާއާއިގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނަން،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާއިރު، މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން އެ މަޢުލޫމާތު ފުލުހުންނާއި ޙިއްސާކުރުމަށް އެދިފައިވެއެވެ.









