ލުބުނާނު ހަނގުރާމަ ހުއްޓާލައިފި

ޖަވާދު | 327 ދުވަސް ކުރިން - 27 ނޮވެންބަރު 2024 09:51
ޚުލާސާ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވާ ގޮތުގައި ލުބުނާނާއި އިސްރާއީލާ ދެމެދު ރަސްމީކޮށް ހަނގުރާމަ ހުއްޓާލުމަށް މިއަދު ހެނދުނު ރަސްމީކޮށް އަމަލުކުރަން ފަށާނެ.

އިސްރާއީލާއި ލުބުނާނާއި ދެމެދު ކުރަ،ުންދާ ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަން އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިއުލާންކޮށްފަ އެވެ. އަދި މިއަދު ހެނދުނުން ފެށިގެން އެއްބަސްވުމަށް ރަސްމީކޮށް ޢަމަލުމކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލުބުނާނުގެ ސިފައިން އިސްރާއީލާއި ބޯޑަރު ކައިރީގައިވާ ސަރަހައްދުތައް ކޮންޓްރޯލް ކުރުމާއެކު 60 ދުވަހުގެ ތެރޭގައި އިސްރާއީލުން މަޑުމަޑުން ސިފައިން އަނބުރާ ގެންދާނެ ކަމަށެވެ.

"ދެ ފަރާތުގެ އާންމުންނަށް ވަރަށް އަވަހަށް ރައްކާތެރިކަމާއެކު އެމީހުންގެ ސަރަޙައްދުތަކަށް އެނބުރި ދެވޭނެ،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެން އިއުލާން ކުރެއްވުމުގެ ކުރިން އެމެރިކާ ބްރޯކަރެއްގެ ދަށުން ހަދާފައިވާ އެއްބަސްވުމަށް އިސްރާއީލުގެ ހަނގުރާމަވެރި ކެބިނެޓުން ވަނީ ރުހުން ދީފަ އެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނު ބޯޑަރުގައި ހިނގަމުންދާ ހަނގުރާމަތައް މުޅިން ނިމުމަކަށް އަންނާނެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ވަކިވެ، ލުބުނާނުގެ ސިފައިން އެ ސަރަހައްދުގައި އަލުން ހަރަކާތްތެރިވާނެ އެވެ. އެއަށްފަހު ހިޒްބުاللهގެ އެސެޓްތައް ލިތާނީ ކޯރުގެ އުތުރަށް ބަދަލުކުރާނެ އެވެ. މި ޓްރާންސިޝަން ޕްރޮސެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 60 ދުވަހުގެ ތެރޭގައެވެ.

އިސްރާއީލުން ލުބުނާނާއި ދެކޮޅަށް ފުރިހަމަ ހަނގުރާމަ ފެށީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމައިގެ އަމާޒުތައް އަޕްޑޭޓްކޮށް އިއުލާން ކުރުމުންނެވެ.

އިސްރާއީލުގެ އެންމެ ކަނާތުފިޔައިގެ މިނިސްޓަރު އިޓަމާ ބެން ގްވީރު އިއްޔެ ވިދާޅުވީ އިސްރާއީލާއި ލުބުނާނާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ އުތުރުގައި ވަޒަންވެރިވި މީހުން ސަލާމަތުން އެމީހުންގެ ގެދޮރަށް އަނބުރާ ގެނައުމުގެ އަމާޒު ހާސިލް ނުވާ އެއްބަސްވުމެއް ކަމަށެވެ.

އިދިކޮޅު ލީޑަރު ޔާއިރް ލަޕިޑް ވިދާޅުވީ ނަތަންޔާހޫގެ ކެބިނެޓް "ހިޒްބުالله އާއި އެކު އެއްބަސްވުމަކަށް ދާއިރު، މިވަގުތު އިސްރާއީލުގެ އުތުރުގެ ރަށްތައް ހަލާކުވެ، ރައްޔިތުންގެ ފުރާނަ ގެއްލި، އިސްރާއީލްގެ ސިފައިން ހުސްވެފައިވާ" ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%