ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ވިޖޭ ވަރްމާއާއި ތަމަންނާ ބާޓިއާގެ ކައިވެނި މިއަންނަ އަހަރު ކުރާ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ. ނަމަވެސް ކައިވެނި ކުރާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުބެއެވެ.

ރިޕޯޓްތަކުގައި ބުނާ ގޮތުންނަމަ، މި ދެ ތަރިން މިހާރު ކައިވެންޏަށް ޕްލޭން ކުރަނީއެވެ. އަދި ކައިވެންޏަށް ފަހު މުމްބާއީގައި އުޅުމަށްޓަކައި އެޕާޓްމަންޓެއް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ވިޖޭ އާއި ތަމަންނާގެ ގުޅުން އާންމުކޮށް ހާމަކުރީ ތަމަންނާއެވެ. "ލަސްޓް ސްޓޯރީ 2" ފިލްމު ޕްރޮމޯޓް ކުރުމުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ތަމަންނާ ބުނެފައިވަނީ އޭނާ އާއި ވިޖޭ ރައްޓެހިވެގެން އުޅޭ ކަމަށާއި ދެމީހުން ވެސް އުޅެނީ ވަރަށް ހަމަޖެހިގެން އުފަލުގައި ކަމަށެވެ.

ވިޖޭ ބުނީ ތަމަންނާއަކީ ވަރަށް ތަފާތު މީހެއް ކަމަށާއި، ތަމަންނާ ތަމަޅަ އާއި ތެލުގޫ ބަހުން ވާހަކަ ދައްކާއިރު އޭނާއަށް ވަރަށް ކަމުދެއެވެ. ތަމަންނާގެ ފަރާތުން ވަރަށް ގިނަ އެއްޗިހި ދަސްވާ ކަމަށާއި އަދި ތަމަންނާގެ ފަރާތުން ވަރަށް ހިތްވަރު ލިބޭ ކަމަށް ވެސް ވިޖޭ ބުންޏެވެ.