Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބުޅާ ފެސިލިޓީ "އޮޅު ހިޔާ" ގެ ޚިދުމަތް އަންނަ މަހު ފަށަނީ

ބުޅާ ފެސިލިޓީ "އޮޅު ހިޔާ" ގެ ޚިދުމަތް އަންނަ މަހު ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
561 ދުވަސް ކުރިން - 26 ނޮވެންބަރު 2024 22:53
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" ހުޅުވައިދެއްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" ހުޅުވައިދެއްވަނީ
ޚުލާސާ

މި ވަގުތު ކުރެވެމުންދަނީ ފެސިލިޓީއަށް ބޭނުންވާ މުވައްޒަފުންނާއި އެކިއެކި ތަކެތި ހޯދުމުގެ މަސައްކަތް.

ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި ބުޅާ ފެސިލިޓީ "އޮޅު ހިޔާ" ގެ ހިދުމަތް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެށޭނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފެސިލިޓީގެ އޮޕަރޭޝަން ފެށުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މިގޮތުން، މި ވަގުތު ކުރެވެމުންދަނީ ފެސިލިޓީއަށް ބޭނުންވާ މުވައްޒަފުންނާއި އެކިއެކި ތަކެތި ހޯދުމުގެ މަސައްކަތް ކަމަށް ވެސް ކައުންސިލުން ފާހަގަ ކޮށްފައި ވެއެވެ.

"އޮޅު ހިޔާ" އަށް ބޭނުންވާ ސާމާނު ހޯދުމަށް ކައުންސިލުން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން އިޢުލާނު ކޮށްފައެވެ. އެންމެ ފަހުން މިކަމަށް އިޢުލާނު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި އިޢުލާނުގައި ހިމެނޭ ތަކެތީގެ ތެރޭގައި 3 ޔުނިޓް ވެޓެރިނަރީ އައިސީޔޫ ކޭޖާއި، 16 ޔުނިޓް ވެޓެރިނަރީ ކޭޖް، އަދި 2 ވައްތަރެއްގެ 20 ކެޓް ޓްރެޕް ހިމެނެއެވެ.

Advertisement

Advertisement 1

މި ފެސިލިޓީ ހުޅުވުމުން، މާލޭގެ މަގުމަތީގައި އުޅޭ ބުޅަލަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރެވި، އަދި ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް މަގު ފަހިވެގެން ދާނެއެވެ. މީގެ އިތުރުން، ބަލި ބުޅަލަށް ބޭސްފަރުވާ ކުރުމަށާއި، ބުޅާ ގެންގުޅެން ބޭނުންވާ ފަރާތްތަކަށް ބުޅާ ދޫކުރުމުގެ ހިދުމަތް ވެސް މި ފެސިލިޓީން ލިބޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މީގެ ކުރިން ފާހަގަ ކޮށްފައި ވެއެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާމާލެ ސިޓީ ކައުންސިލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޅުގަނޑަކީ މޭ އައްޑަނައަކަށް ދިއްކުރި މީހެއް. އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

އަޅުގަނޑު އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

70 ދުވަސް ކުރިން - 12:42

މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

73 ދުވަސް ކުރިން - 19:13

މި މަގާމަށް ކުރިމަތިލީ މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ވަރަށް ގާތުން އިހުސާސްކުރެވޭތީ: އަލައިކާ

"އ.ތ.މ ކޮމެޓީއަކީ ހަމައެކަނި ނަމެއްގައި އޮންނަންޖެހޭ ތަނެއްނޫން"

80 ދުވަސް ކުރިން - 16:08

ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއް: ސަރަނގު އާދަމް މަނިކު

"ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއް"

80 ދުވަސް ކުރިން - 15:49

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުން: ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބަންދުކޮށް މަސައްކަތް ފަށަނީ

ބޮޑުތަކުރުފާނުމަގު މަޝްރޫއު: އިތުރުބައެއް ބަންދުކޮށް މަސައްކަތް ފަށަނީ

87 ދުވަސް ކުރިން - 13:54

އަލައިކާ އިނގޭތަ؟ ޑަބްލިއުޑީސީ ރައީސާ ކެނޑިޑޭޓުގެ ތަފާތު ކެންޕެއިން ހަރަކާތެއް!

އަލައިކާ އިނގޭތަ؟ ކެނޑިޑޭޓެއްގެ ތަފާތު ކެންޕެއިން

92 ދުވަސް ކުރިން - 11:27