ހުއްދަނެތި ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކު 3 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 235 ދުވަސް ކުރިން - 26 ނޮވެންބަރު 2024 09:44
ޚުލާސާ

އިއްޔެ ފެމިލީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ހުއްދައަކާއި ނުލައި އެ މަޖިލީހުން ނުކުމެގެންދިޔަ އަންހެނަކަށް ޝަރީޢަތުގެ ނިޒާމާއި ޚިލާފު ވެފައި ވާތީވެ 3 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

ފެމެލީ ކޯޓުގައި ޝަރީޢަތް ހިނގަމުން ދަނިކޮށް ގާޒީގެ ހުއްދަނެތި ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކު 3 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ޙުކުމްކޮށްފިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި އެ އަންހެންމީހާ ޝަރީއަތުގެ މަޖިލިސް ދޫކޮށް ދިޔައީ ޝަރީއަތް ހިނގަމުން ދަނިކޮށް ގާޒީގެ ހުއްދަނެތި ޝަރީއަތް މަޖިލިސް ދޫކޮށް ނުދެވޭނެކަމާއި، ފިޔަވަޅު އެޅޭނެކަންވެސް އަންގާފައި ވަނިކޮށެވެ.. އެގޮތުން އޭނާ ވަނީ ޝަރީޢަތުގެ މަޖިލީހުން ނުކުމެ ކޯޓުގެ ރިސެޕްޝަން ތެރެއިން، ލީގަލް އޮފިސަރ އިންނަވާ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަޙައްދަށް ނުކުމެ ހުއްދަ ނެތި ކޯޓުން ނުކުމެގެން ގޮސްފައެވެ.

އެ މައްސަލައިގައި 3 ދުވަހުގެ ޖަލު ޙުކުމެއް އޭނާއަށް އިއްވައިފައި ވަނީ ޝަރީއަތުގެ ނިޒާމާ ޚިލާފުވެފައިވާތީއާއި، ކޯޓުގެ ޙުރުމަތް ކަނޑާފައިވާތީވެ، ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ޤަވާއިދުގެ (95) ވަނަ މާއްދާއާ ޙަވާލާދީއެވެ.

ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއްނެތި ޝަރީޢަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާއި ޚިލާފުވާފަދަ ޢަމަލެއް މީހަކު ހިންގައިފިނަމ،ަ ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމ،ަ އެކަމުގެ ކުޑަބޮޑު މި ނަށް ބަލައ،ި 10,000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުނ،ް ނުވަތަ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުނ،ް ނުވަތަ 1 މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ ބާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެން ވެއެވެ.

މިފަދަ މައްސަލަތަކުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަނީ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%