އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 327 ދުވަސް ކުރިން - 25 ނޮވެންބަރު 2024 13:21
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް/ ފޮޓޯ: ޙުލާސާ
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް/ ފޮޓޯ: ޙުލާސާ
ޚުލާސާ

ފުނަދޫގައި ހުރި އެސްޓީއޯގެ ތެޔޮ ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމީ ފުނަދޫގައި ތެޔޮ ރައްކާކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރުމުންކަމަށް ޝިމާދު ވިދާޅުވި.

ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވީ، ފުނަދޫގައި ހުރި އެސްޓީއޯގެ ތެޔޮ ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމީ ފުނަދޫގައި ތެޔޮ ރައްކާކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރުމުންކަމަށެވެ. "ބޮޑެތި ވެސަލްތައް ކައިރިކުރަން ވަރަށް އުނދަގޫ، ފުނަދޫގައި މިއޮތް ޓަރމިނަލްއާއި ހެދި ނެތް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތުތަކެއް," ޝިމާދު ވިދާޅުވިއެވެ.

މި ބަދަލާއެކު، އިކޮނޮމީ ސައިޒުގެ ވެސަލްތައް ގެނެސް، ތެލުގެ އަގު ދަށްކޮށް، ތެލުގެ ވިޔަފާރި ފުޅާކުރުމަށް ވަނީ ރޭވިފައެވެ. އެސްޓީއޯގެ އަމާޒަކީ ވީހާވެސް އަވަހަށް ތިލަފުށީގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށް، ރާއްޖެއަށް ބޭނުންވާ ތެލަށް ބަލާފައި ރަނގަޅު ސައިޒެއްގެ ސްޓޯރޭޖުތަކެއް ގާއިމުކުރުން ކަމަށް ޝިމާދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކޮންސަލްޓަންޓެއް ވަނީ ހަމަޖައްސާފައެވެ. މިހާރު ކުރިއަށްދަނީ އެތަނުގެ ޑިޒައިންކުރުމާއި ކޮންސެޕްޓުގެ މަސައްކަތްތަކެވެ. މި މަސައްކަތުގެ ޑީޓެއިލް ޑިޒައިން އާއި ކޮންސެޕްޓުގެ މަސައްކަތް ނިމުމުން 18 ނުވަތަ 24 މަސް ތެރޭގައި މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ އެސްޓީއޯގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް ވެސް ޝިމާދު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު، ރާއްޖޭގެ ތެލުގެ ވިޔަފާރީގައި އައު ދޮރެއް ހުޅުވި، ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%