ރަޝިޔާއިން އުކްރެއިންގެ ޑްނިޕްރޯއަށް ކުރިން ޙަމަލާ ދިނުމަށް ބޭނުންކުރި އައު މިސައިލް އަލުން ބޭނުންކުރާނެކަމަށް ރަޝިޔާގެ ރައީސް ވްލަދިމިޔާ ޕޫޓިން ބުނެފިއެވެ. “އޮރެޝްނިކް” ނަމަކަށް ކިޔާ މި މިސައިލް އެންމެ ފުރަތަމަ ބޭނުންކުރީ ވެސް ޔުކްރޭމާއި ދެކޮޅަށެވެ. މިއީ ބޭނުން ކޮންމެ ވަގުތަކު އެމެރިކާގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭ ނުރައްކާތެރި ދުރުރާސްތާ މިސައިލެއް ކަމަށް ޕޫޓިން ބުނެފައިވެއެވެ. އަދި މި މިސައިލް ހަނގުރާމައިގެ ޙާލަތުގައި ބޭނުންކުރާނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މި މިސައިލް ޔުކްރޭނާއި ދެކޮޅަށް ޕޫޓިން ފުރަތަމަ ފަހަރަށް ބޭނުންކުރީ، މިހަފްތާގައި އެމެރިކާއާއި އިނގިރޭސިވިލާތުން ދިން މިސައިލުން ރަޝިއާގެ ސަރަޙައްދަށް ޙަމަލާ ދިނުމާއި ގުޅިގެންނެވެ. މި ޙމަލާގައި އެމެރިކާއިން ދީފައިވާ “އަޓަކަމްސް” އިން ރަޝިއާގެ އެތެރެއަށް ޔުކްރޭނުން ހަމަލާ ދީފައި ވެއެވެ. މިކަމާއި ގުޅިގެން ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވަނީ މި ހަނގުރާމަ ބޮޑުވެގެން ދުނިޔޭގެ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާގެ ރައްދު ޙަމަލާގައި ޔުކްރޭނުގެ ސިނާޢީ އަދި އަސްކަރީ ކާރުޚާނާތައް ހުންނަ ބޮޑު އެވެންޏެއް ފުނޑުފުނޑުކޮށްލިއެވެ.
މި މިސައިލް އަނެއްކާ ވެސް ބޭނުންކުރާނެ ކަމުގެ އިންޒާރު ޕޫޓިން ދިނުމުން، ޒެލެންސްކީ ވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައެވެ.









