އ.ދ މަހިބަދޫ ކައުންސިލުން 2009 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "މަހިބަދޫ ޔޫތު ފުޓުބޯޅަ" މުބާރާތް މިއަދު ފަށައިފިއެެވެ.
ޖުމްލަ ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި މިއަދު ކުޅުނީ އަޒިއޯން އާއި ސްޓްރީޓް ސްޓައިލް އެވެ.
ފޯރިގަދަ މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިން އަޒިއޯން އެވެ.
މުބާރާތުގައި ބައިވެރިވި ޓީމުތައް
- އަޒިއޯން ސްޕޯޓްސް
- ސްޓްރީޓް ސްޓައިލް ސްޕޯޓްސް ކުލަބް
- ޖިބިއްލީ ސްޕޯޓްސް ކުލަބް
- އަޒިއޯން ޖޫނިއާރ
- ޖިބިއްލީ ޖޫނިއާރ
މިއީ ފުޓުބޯޅައަށް ލޯބިކުރާ މަހިބަދޫގައި މި މުބާރާތް ބާއްވާ 21 ވަނަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.



