ސާންތީ އީގަލްސްގެ ކޯޗުކަމުގައި 2017 ވަނަ އަހަރު: ބަލި ޙާލަތު ހުރި ގޮތުގެ ސަބަބުން 2023 ގައި އޭނާ އީގަލްސްގެ ކޯޗުކަމުން ވަކިވި.
މަޝްހޫރު ފުޓްބޯޅަ ކޯޗް، އިހްސާން އަބްދުލް ޣަނީ (ސާންތީ) މިރޭ އަވަހާރަވެއްޖެއެވެ. ސާންތީ، މިރޭ ނިޔާވިއިރު، އޭނާ އަށް އައީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ
2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ރާއްޖޭގެ އެސިސްޓެންޓު ކޯޗުގެ މަޤާމުގައި ހުންނެވި ސާންތީ އަކީ ދިވެހި ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާގެ ޚިދުމަތްތަކުގެ ތެރޭގައި ކޯޗެއްގެ ހައިސިއްޔަތުން ގިނަ ޓީމުތަކެއް ތަމްރީނުކުރެއްވުމާއި، އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުކަން ކުރެއްވުމާއި، 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމަށް އެހީތެރިވެދެއްވުން ހިމެނެއެވެ.
އެޑިޓަރުގެ ނޯޓް:
ކެންސަރު ބައްޔާއި ކުރިމަތިލައްވަމުންވެސް ފުޓްބޯޅައިގެ ތަރައްޤީއަށް ސާންތި ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ސާންތީއަށް ފާފަފުއްސަވައި، ޖަންނަތުލް ފިރުދައުސް މިންވަރުކުރައްވާށިއެވެ. އާމީން.