Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެންޗެސްޓަރ ސިޓީ އެފްއޭ ކަޕްގެ ސެމީފައިނަލަށް

މެންޗެސްޓަރ ސިޓީ އެފްއޭ ކަޕްގެ ސެމީފައިނަލަށް

އުސްތާޛް މުޙައްމަދު ޢަލީ
481 ދުވަސް ކުރިން - 31 މާޗް 2025 12:20
ރޭ އޮމަރް މަރްމޫޝް ސިޓިއަށް ގޯލު ޖަހައިދެނީ: މި މޮޅައެކު ސިޓީ ވަނީ ސެމީއަށް ދަތުރުކޮށްފަ.
ރޭ އޮމަރް މަރްމޫޝް ސިޓިއަށް ގޯލު ޖަހައިދެނީ: މި މޮޅައެކު ސިޓީ ވަނީ ސެމީއަށް ދަތުރުކޮށްފަ.
ޚުލާސާ

ފުރަތަ ލަނޑު 21 ވަނަ މިނެޓުގައި ބޯންމަތުން ޖެހިޔަސް ފަހުހާގުގެ 14 މިނެޓްތެރޭ ސިޓީން ވަނީ 2 ގޯލުޖަހާފަ. ސެމީގައި ސިޓީ ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް.

މެންޗެސްޓަރ ސިޓީ އިން އެފްއޭ ކަޕްގެ ސެމީފައިނަލަށް ގޮސްފިއެވެ. މިއީ ވިދިވިދިގެން 7 ވަނަ ފަހަރަށް ސިޓީ އިން އެފްއޭ ކަޕްގެ ސެމީފައިނަލަށް ދަތުރުކުރި ފަހަރެވެ.

ރޭ ކުޅުނު މެޗުގައި ސިޓީ އިން ވަނީ 2-1 އިން ބޯންމަތު ބަލިކޮށްފައެވެ.

ފުރަތަމަ ގޯލު ޖެހީވެސް ބޯންމަތުންނެވެ. މިއީ ނޫނެސްއަށް ހެދުނު ގޯހަކުން ޖަސްޓިން ކްލުއިވަރޓް އަށް ބޯޅަ ލިބި، އެވެނިލްސަން އަށް ދިނުމުން ޖެހި ގޯލެކެވެ. މީގެ ކުރިން ސިޓީގެ އާލިންގ ހާލަންޑް ވަނީ ޕެނަލްޓީއެއް ގެއްލުވާލާފައެވެ.

Advertisement

Advertisement 1

ދެވަނަ ހާފު ފަށައިގެން ހަތަރުވަނައަށްވީ މިނެޓުގައި ހާލަންޑް ވަނީ ލަނޑު ޖަހައި އެއްވަރު ކޮށްފައެވެ. މި ލަނޑު ޖަހަން އެހީތެރިވެދިނީ ހާފްޓައިމްގައި އައި ނިކޯ އޯރެއިލީ އެވެ. ރޭގެ މެވުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ގޯލަށްފަހު މާގިނައިރެއް ނުވެ އަނިޔާއެއް ވެގެން ހާލަންޑު ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި އައި އުމަރު މަރްމޫޝް ވަނީ ކުޅެން އެރިތާ ދެ މިނެޓުގެ ތެރޭގައި ގޯލު ޖަހާފައެވެ.

ހާލަންޑަށް ރޭ އަނިޔާވެފައި: އޭނާގެ އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ.

ދެވަނަ ހާފުގައި ސިޓީ ވަރަށް ރަނގަޅަށް ކުޅުނެވެ. ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ސިޓީންނެވެ. ނަތީޖާއަކީ އިދިކޮޅު ޓީމަށް ސިޓީގެ ގޯލަށް އެންމެ ޝޮޓެއްވެސް ނެހެދުނެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޓީމުގެ ކުޅުން ފާހަގަކޮށް، ޚާއްސަކޮށް ޒުވާން ކުޅުންތެރިޔާ ނިކޯ އޯރެއިލީގެ ކުޅުމަށް ތަޢުރީފުކޮށްފައެވެ. އޭނާ ބުނީ އޯރެއިލީ ސެމީފައިނަލްގައި ކުޅޭނެ ކަމަށެވެ.

މިމޫސުމުގައި ސިޓީ އަށް ލިބިދާނެ ހަމައެކަނި މުބާރާތަކީ އެފްއޭ ކަޕެވެ. އެހެންކަމުން މި މުބާރާތް ކާމިޔާބު ކުރުމަށް ސިޓީ އިން ބޮޑު އުއްމީދެއް ކުރެއެވެ. ސެމީފައިނަލްގައި ސިޓީ އިން މިމަހުގެ ފަހުކޮޅު ކުޅޭނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށެވެ.

މެންޗެސްޓަރ ސިޓީފުޓްބޯޅަފުޓުބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

26 ދުވަސް ކުރިން - 23:04

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

"ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒު"

61 ދުވަސް ކުރިން - 13:35

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

61 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

61 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

64 ދުވަސް ކުރިން - 23:13

ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

72 ދުވަސް ކުރިން - 12:32