ފީފާގެ އެންގުމަށް ރާއްޖޭގެ ފުޓުބޯޅަ އޮގަސްޓަށް ފަސްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 203 ދުވަސް ކުރިން - 29 މާރިޗް 2025 08:56
ފީފާގެ ވަފުދުން ޕީޖީއާއި އެފްއޭއެމް އާއެކު މިދިޔަ އަހަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރޭގައި ހައްރާޒް (ކަނާތްފަރާތު ތިރިން 3 ވަނައަށް): ރާއްޖޭގެ ސީޒަން ހުއްޓުވާލީ އޭނާ ކަމަށް ކުލަބުތަކުން ތުހުމަތު ކުރޭ.
ފީފާގެ ވަފުދުން ޕީޖީއާއި އެފްއޭއެމް އާއެކު މިދިޔަ އަހަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރޭގައި ހައްރާޒް (ކަނާތްފަރާތު ތިރިން 3 ވަނައަށް): ރާއްޖޭގެ ސީޒަން ހުއްޓުވާލީ އޭނާ ކަމަށް ކުލަބުތަކުން ތުހުމަތު ކުރޭ.
ޚުލާސާ

އެފްއޭއެމް އިން ވަނީ ޓްރާންސިޝަނަލް ލީގެއް މި އަހަރުގެ އޭޕްރީލް/މެއި މަހު ބޭއްވުމަށްފަހު، އޮގަސްޓު މަހު އާ ސީޒަން ފެށުމަށް ހުށަހަޅާފައި.

އަންނަ މަހު ބާއްވަން ކުރިން ތާވަލުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ސީޒަން، ފީފާގެ އެންގުމާ އެއްގޮތަށް، އޮގަސްޓް މަހަށް ފަސްކޮށްފި ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބްތަކަށް އަންގައިފިއެވެ.

އެހެންނަމަވެސް މުއްދަތުގައި ވާދަވެރި ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެފްއޭއެމް އިން ބުނެފައިވެ އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން، އަހުމަދު މުއިއްޒު ސޮއިކުރައްވައި ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކްލަބްތަކުގެ އެދުމުގެ މަތިން އާ ސީޒަން އަންނަ މަހު ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ފީފާގެ ލަފާގެ މަތިން މި ނިންމުން ނިންމާފައިވާ ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ކްލަބްތަކާއެކު ބޭއްވުނު ބައްދަލުވުމުގައި ފީފާއިން ވަނީ ކަލަންޑަރު ތާވަލަށް ބަދަލު ގެނައުމުގެ ޚިޔާލު ހުށަހަޅާފައި ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. އެފްއޭއެމް އިން ވަނީ ޓްރާންސިޝަނަލް ލީގެއް މި އަހަރުގެ އޭޕްރީލް/މެއި މަހު ބޭއްވުމަށްފަހު އޮގަސްޓު މަހު އާ ސީޒަން ފެށުމަށް ހުށަހަޅާފައި ކަމަށްވެސް އެފްއޭއެމް އިން މަޢުލޫމާތު ދީފައިވެ އެވެ.

ކުރު ސީޒަނެއް ފެށުމުގައި ދިމާވެދާނެ މައްސަލަތައް ފީފާއާ ހިއްސާކޮށް ލަފައަކަށް އެދުމުން، ފީފާއިން ވަނީ ކުރު ސީޒަނެއްގެ ބަދަލުގައި އޮގަސްޓު މަހު ލީގު ފެށުމަށް ހުށަހަޅާފައި ކަމަށް އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެފްއޭއެމް އިން އިތުރަށް ބުނެފައިވަނީ، ސީޒަން ފަސްވުމާ އެކު ވާދަވެރި ފުޓުބޯޅަ މުބާރާތެއް ވީ އެންމެ އަވަހަށް ބޭއްވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސީޒަން ފަށަން އެފްއޭއެމް އިން ނިންމައި، އޭގެ މަސައްކަތްތައް ކުރަމުން ދަނިކޮށް، އެކަން ހުއްޓުވީ ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު، މިސްރުގެ އަހްމަދު ހައްރާޒު އިސްވެ ހުންނަވައިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%