ސީރިއާގެ ޕަލްމީރާ ސިޓީއަށް އިސްރާއީލުން އިއްޔެ ދިން ވައިގެ ޙަމަލާއެއްގައި 36 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ހަމަލާ ދިނީ އިއްޔެ މެންދުރުފަހު 1:30 ހާއިރުއެވެ.
ސީރިއާގެ ފޮރިިމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ތިމް ޑަޒަން މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުން ކޮށްލި މި ޙަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި މިއީ އިސްރާއީލުން ސަރަޙައްދުގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލު ކަމަށް ބުނެފައިވެއެވެ.
މި ޙަމަލާގައި ރިހާއިޝީ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ސީރިއާގެ ސަރުކާރުގެ ނޫސް އޭޖެންސީ ސާނާއިން ބުނެފައިވެއެވެ.
ޕަލްމީރާއަކީ ޔުނެސްކޯގެ ވަރލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ، ތާރީޚީ ރޯމަން މަޝްހޫރު ތަނެކެވެ.
ސީރިއާގެ ސަރުކާރުން ދުނިޔޭގެ އެހެން ޤައުމުތަކަށް ގޮވާލާފައިވަނީ އިސްރާއީލުން ސަރަޙައްދުގައި ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމަށެވެ. އަދި އެފަދަ ކުށްވެރި ޢަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމަށްވެސް ގޮވާލާފައިވެއެވެ.
2011 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ވަނީ ސީރިއާއަށް ގިނަ ހަމަލާތަކެއް ދީފައެވެ. މިފަހަރުގެ ޙަމަލާ ދިން ކަމަށް ބެލެވެނީ ހޯމްސް ޕްރޮވިންސްގެ އެމެރިކާއިން ހިފާފައިވާ އަލް-ތަންފް ސަރަޙައްދުންނެވެ.









