Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭ ސަރަޙައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުން %74.1 ދަށްވެއްޖެ

މާލޭ ސަރަޙައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުން %74.1 ދަށްވެއްޖެ

އަައިޝަތު ޒީނާ
676 ދުވަސް ކުރިން - 20 ނޮވެންބަރު 2024 15:04
އުޅަނދުތައް ރަޖިސްޓްރީކުރުމުގައި މިދިޔަ ސަރުކާރުން ކޮރަޕްޝަނުގެ ޢަމަލުތައް ހިންގިނަމަވެސް، މި ސަރުކާރުގައި އެފަދަ ފުރުޞަތެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައި. / ފޮޓޯ: ޚުލާސާ
އުޅަނދުތައް ރަޖިސްޓްރީކުރުމުގައި މިދިޔަ ސަރުކާރުން ކޮރަޕްޝަނުގެ ޢަމަލުތައް ހިންގިނަމަވެސް، މި ސަރުކާރުގައި އެފަދަ ފުރުޞަތެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލެ ސަރަޙައްދަށް ރަޖިސްޓްރީކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ނިސްބަތް %74.1 ދަށްވެފައިވާއިރު، ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ނިސްބަތްވެސް %8.1 ވަނީ މަދުވެފައި.

މާލޭ ސަރަޙައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް 74.1% ދަށްވެފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު (އޮކްޓޯބަރު މަހުގެ 31 ގެ ނިޔަލަށް) މާލެ ސަރަޙައްދަށް ރަޖިސްޓްރީކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ނިސްބަތް %74.1 ދަށްވެފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ނިސްބަތްވެސް %8.1 މަދުވެފައިވާ ކަމަށެވެ.

Advertisement

Advertisement 1

ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން މިހާރު ނިމުމަމަކަށް ގެނެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ގަރާޖުގެ ޞައްޙަކަން ކަށަވަރުކުމުގެ މުހިންމު މަސައްކަތްތައްވެސް މިނިސްޓްރީން ފަށާފައިވާކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި ޤާނޫނައި ޤަވާޢިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓްރީވަމުން ދިޔުން ނިމުމަކަށް ގެނައުން ކަމަށެވެ.

މި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަޙައްދަށް އެއްގަމު އުޅަނދު އިތުރުވަމުން ދިޔަ މިންވަރު ވަރަށް ބޮޑުތަކުން ދަށްވެފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ފިޔަވަޅުތަކަކީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޚިދުމަތްތައް ދިނުމުގައި ކޮރަޕްޝަނާއި ނުފޫޒުގެ ތުހުމަތު ބޮޑުވެ، އެ މިނިސްޓްރީގެ މަސައްކަތްތައް އޮޑިޓްކުރަންވެސް ޖެހުނެއެވެ. ވެހިކަލް ރަޖިސްޓްރީ އާއި ލައިސަންސް ދޫކުރުންފަދަ ޚިދުމަތްތަކުގައި އުސޫލާ ޚިލާފަށް ފައިސާ ނަގައި، ބޮޑެތި ކޮރަޕްޝަނުގެ ޢަމަލުތައް އެ މިނިސްޓްރީން ހިންގާފައިވާކަން އޭރު ވަނީ ފަޅާއަރާފައެވެ.

އެފަދަ އެއްވެސް ކަމެއް މި ސަރުކާރުގައި ކުރުމުގެ ފުރުޞަތު ނޯންނާނެ ކަމުގެ ޔަޤީންކަން އަދުގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވަނީ ދެއްވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް 468 އުޅަނދު ޓޯކޮށްފި

468 އުޅަނދު ޓޯކޮށްފި

585 ދުވަސް ކުރިން - 12:17

މާލޭގައި އީވީ ޓެކްސީގެ ޚިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި

މާލޭގައި އީވީ ޓެކްސީގެ ޚިދުމަތް ދޭން އެމްޓީސީސީއަށް

592 ދުވަސް ކުރިން - 13:02

ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން 446 އުޅަނދު ނައްތާލައިފި

ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން 446 އުޅަނދު ނައްތާލައިފި

593 ދުވަސް ކުރިން - 23:26

އުމުރު ހަމަވެފައިވާ އުޅަނދުތައް ރަޖިސްޓްރީކުރަން އިތުރު މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފި

އުމުރު ހަމަވެފައިވާ އުޅަނދުތައް ރަޖިސްޓްރީކުރަން އިތުރު މުއްދަތެއް

626 ދުވަސް ކުރިން - 16:05

ވައިގެ ހާދިސާތައް ތަހުޤީޤުކުރާނެ ވަކި އިދާރާއެއް އުފައްދަނީ

ވައިގެ ހާދިސާތައް ތަހުޤީޤުކުރާނެ ވަކި އިދާރާއެއް އުފައްދަނީ

627 ދުވަސް ކުރިން - 18:38

އާ ބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރު މި މަހު 21 ގައި

އާ ބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރު 21ގައި

628 ދުވަސް ކުރިން - 15:47