އާ ބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރު މި މަހު 21 ގައި

އަހްމަދު އީޒާން | 114 ދުވަސް ކުރިން - 7 ޖެނުއަރީ 2025 15:47
ޯމޯލްޑިވިއަންގެ A330 މަރުކާގެ ބޯޓު / ފޮޓޯ: ޚުލާސާ
ޯމޯލްޑިވިއަންގެ A330 މަރުކާގެ ބޯޓު / ފޮޓޯ: ޚުލާސާ
ޚުލާސާ

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ ބޯޓުގެ ފުރަތަމަ ޝެޑިއުލް ފްލައިޓް މި މަހުގެ 21 ގައި ޗައިނާގެ ޗެންޑޫއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް.

ގައުމީ އެއާލައިން، މޯލްޑިވިއަނަށް ގެނައި ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އޭ330-200ގެ ފުރަތަމަ ޝެޑިއުލް ދަތުރު މި މަހު 21 ގައި ބާއްވަން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ ބޯޓުގެ ފުރަތަމަ ޝެޑިއުލް ފްލައިޓް މި މަހުގެ 21 ގައި ޗައިނާގެ ޗެންޑޫއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބޯޓުން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ޗެންޑޫގެ އިތުރުން ޝެންހާއި އާއި ބެއިޖިން އަށެވެ.

މޯލްޑިވިއަންގެ މި ބޮޑު ބޯޓުގައި ތިން ކުލާހެއް ހިމެނެ އެވެ. އެއީ ބިޒްނަސް ކުލާހުގެ 18 ގޮނޑި އާއި ފްރިމިއަމް އިކޮނޮމީ ކުލާހުގެ 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑި އެވެ. އަދި އެ ބޯޓުގައި އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ.

މި ބޯޓު ރާއްޖެ ގެނައީ އިއްޔެ އެވެ. މި ކާމިޔާބީ ފާހަގަކުރުމަށް ސަރުކާރުން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އަދި، މާލެ އާއި ހުޅުމާލޭގައި ހާއްސަ އެއާ ޝޯއެއް ވެސް ބޭއްވި އެވެ.

މޯލްޑިވިންއަންގެ ހިދުމަތް ފުޅާކުރުމަށް އަންނަ އޮކްޓޯބަރު މަހު އިތުރު ވައިޑް-ބޮޑީ ބޯޓެއް ގެންނަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއުލާންކުރެއްވި އެވެ.

އެ ބޯޓު ގެނައުމާ އެކު ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ފަށާނެ އެވެ.

މި ބޮޑު ބޯޓު މެދުވެރިކޮށް އެ އެއާލައިނުން ރާއްޖެއަށް އަހަރަކު 60،000 ފަސިންޖަރުން ގެނެވޭނެ ކަމަށް ބުނެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%