ލުބުނާނުގައި ހުރި ޔޫއެން ބޭސްއަށް އިސްރާއީލުން ދިން ޙަމަލާ އިޓަލީ އިން ހިޒްބުﷲގެ ބޮލުގައި އަޅުވައިފި

ޖަވާދު | 335 ދުވަސް ކުރިން - 20 ނޮވެންބަރު 2024 08:10
ޔުނިފިލްގެ ޕީސްކީޕަރުން ހޮނިހިރު ދުވަހު ލުބުނާނާއި އިސްރާއީލުގެ ބޯޑަރުގައި، ލުބުނާނުގެ ދެކުނުގެ މަރްވާހީން ޓައުންގެ ވޮޗް ޓަވަރެއްގައި / ފޮޓޯ: ރޮއިޓަރސް
ޔުނިފިލްގެ ޕީސްކީޕަރުން ހޮނިހިރު ދުވަހު ލުބުނާނާއި އިސްރާއީލުގެ ބޯޑަރުގައި، ލުބުނާނުގެ ދެކުނުގެ މަރްވާހީން ޓައުންގެ ވޮޗް ޓަވަރެއްގައި / ފޮޓޯ: ރޮއިޓަރސް
ޚުލާސާ

އިސްރާއީލުން ޕްރެޝަރު ކުރުމުން އިޓަލީގެ ދިފާއީ ވުޒާރާއިން ވަނީ ލުބުނާނުގައި ހުރި ޔޫއެންގެ ބޭސްއަކަށް ދިން ރޮކެޓް ޙަމަލާއަކީ ހިޒްބުﷲއިން ދިން ޙަމަލާއެއްކަމަށް ބުނެފަ. ކުރިން މި ޙަމަލާގެ ތުހުމަތު އިޓަލީން ކޮށްފައިވަނީ އިސްރާއީލަށް.

ލުބުނާނުގައި ހުރި ޔޫއެންގެ ބޭސްއަކަށް ދިން ރޮކެޓް ހަމަލާއަކީ އިސްރާއީލުން ދިން ޙަމަލާއެއް ނޫން ކަމަށާއި، އެއި ހިޒްބުﷲއިން ދިން ހަމަލާއެއްކަމަށް ޤަބޫލުކުރާ ކަމަށް އިޓަލީގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. މިއީ އިޓަލީން ވެސް ކުރިން އިސްރާއީލުގެ މައްޗަށް ތުހުމަތުކޮށްފައިވާ ހަމަލާއެކެވެ.

ފާއިތުވި ހަފްތާގައި އިޓަލީން ބުނެފައިވަނީ ޔޫއެން އިންޓަރިމް ފޯސް އިން ލުބުނާން (ޔޫނިފިލް) ގެ ބޭސްއަކަށް އިސްރާއީލުގެ އާޓިލަރީ ޝެލްއެއް އަމާޒުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ދިފާއީ ބާރުތަކުން (އައިޑީއެފް) އެކަން ދޮގުކޮށް ބުނަނީ މި ޙަމަލާ ދީފައިވަނީ ހިޒްބުﷲއިންނެވެ.

އިޓަލީގެ ދިފާއީ ވަޒީރު ގުއިޑޯ ކްރޮސެޓޯ އެންމެ ފުރަތަމަ ބްރަސެލްސްގައި ބުނެފައިވަނީ މިއީ އައިޑީއެފްއިން ދިން ޙަމަލާއެއް ކަމަށެވެ. އެކަމާއި ގުޅިގެން އިސްރާއީލުގެ އައު ޚާރިޖީ ވަޒީރު ގިޑިއަން ސައަރ ވަނީ އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖާނީއަށް ޕްރެޝަރު ކޮށްފައެވެ.

ޔޫނިފިލްގެ ބަޔާނެއްގައި ބުނެފައިވަނީ މި ޙަމަލާތަކުގައި ސުލްޙަ ބަލަހައްޓާ ސިފައިންގެ މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އަދި ޙަމަލާ އަމާޒުވެފައިވަނީ ޞުލްޙަ ސިފައިން ނެތް ސަރަޙައްދުތަކަކަށް ކަމަށެވެ. މި ޙަމަލާއާއި ވިދިގެން މިހާތަނަށް ހިޒްބުﷲއިން އެއްވެސް އެއްޗެއް ނުބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%