ވޭލްސް އިން އައިސްލެންޑާ ދެކޮޅަށް ކުޅުނު ނޭޝަންސް ލީގުގެ އެންމެ ފަހު މެޗުގައި 4-1 އިން މޮޅުވެ، އޭ ޑިވިޜަނަށް ޕްރޮމޯޓް ވެއްޖެއެވެ.
ވޭލްސްގެ ކޯޗު ކްރެއިގް ބެލަމީ ބުނީ މި ކާމިޔާބީ އަދިވެސް ޤަބޫލުނުކުރެވޭ ކަމަށެވެ. އުފަލުން ފޮޅިފައިވާ ބެލަމީ ބުނީ މުޅި ކޭމްޕް ވަރަށް ރަނގަޅު ކަމަށާއި، ކުރިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ކުރެވިއްޖެ ކަމަށެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ އައިސްލެންޑުންނެވެ. ނަމަވެސް ވޭލްސްގެ ކުޅުންތެރިން ވަނީ އައު ހިއްވަރާއެކު ކުޅުން ވަރުގަދަކޮށް ހަތަރު ގޯލު ޖަހައިފައެވެ. ލުއިސް ކަލެން 2 ލަނޑު ޖެހިއިރު، ބްރެނަން ޖޮންސަން އަދި ހެރީ ވިލްސަން ވެސް ވަމީ ގޯލު ޖަހާފައެވެ.
ބެލަމީ ބުނީ ވޭލްސް އޭ ޑިވިޜަނަށް އަރައިގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިއީ ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކާއި އެކު ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.