Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފީފާ އާއި ޔޫއެފާގައި ޣައްޒާ މުސްލިމުންގެ ލޭ!

ފީފާ އާއި ޔޫއެފާގައި ޣައްޒާ މުސްލިމުންގެ ލޭ!

އައިޝަތު އީމާން
345 ދުވަސް ކުރިން - 14 އޯގަސްޓް 2025 13:06
ބޭން އިސްރާއިލް ގްރެފިކްސް--
ބޭން އިސްރާއިލް ގްރެފިކްސް--
ޚުލާސާ

ރަޝިއާ-ޔުކްރޭނު މައްސަލަ އަދި ޣައްޒާ ޤަތުލުޢާންމަށް ބަލައިލުމުން ފެނިގެންދަނީ ޔޫއެފާ އާއި ފީފާގެ ނިފާޤު ކަމެވެ. ބައިނަލްއަޤްވާމީ ކުޅިވަރުއިދާރާތަކުގައި ޣައްޒާ މުސްލިމުންގެ ލޭ ހޭކިފާއިވާ މަންޒަރެވެ.

ފީފާ އާއި ޔޫއެފާ އަކީ ދުނިޔޭގައި ވަކި ބައެެއްގެ ހަން ފެތުރުމަށްޓަކައި ނުވަތަ ބާރުވެރިކަން ހޯދުމަށް ގެންގުޅޭ ޓޫލެކޭ ބުނެވޭނެ ފުޅާ ޖާގަ އެބައޮތެވެ. ނަމުގައި ފުޓުބޯޅައޭ ބުނި ކަމުގައި ވިޔަސް އޭގެތެރޭގައި ފޮރުވިފައިވާ ވިޔަފާރިތަކާއި، ޕްރޮމޯޓްކުރާ ކުންފުނިތަކާއި ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ އެއްފަރާތްތަކެއް އެބަހުރި ކަމަށް ފާއިތުވި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން ފެށިގެން ކުރިޔަށް އޮތް ވޯލްޑްކަޕާއި ދެމެދު ކަންކަން މި ހިނގާ ގޮތުން ވަރަށް ސާފެވެ.

2022 ވަނަ އަހަރު ޔުކްރޭނަށް ރަޝިއާ ޙަމަލާދޭން ފެށި ހިސާބުން ރަޝިއާ އިން އަވަށްޓެރި ބެލަރޫސް އާއި އެކު ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުނު ކަމުގައި ވިޔަސް އެއިން މެޗެއް ވެސް ފީފާ އަކުން ކައުންޓެއް ނުކުރެއެވެ. އެންމެ ފަހުން ޤަޠަރުގައި އޮތް ވޯލްޑްކަޕުން ވެސް ރަޝިއާ ބޭރުކޮށްލީއެވެ. ޔޫއެފާ ނޭޝަންސް ލީގާއި ކުރިޔަށް އޮތް ވޯލްޑް ކަޕުން ވެސް ބޭރު ކޮށްލާފައި ވާއިރު ބައިނަލްއަޤްވާމީ ހުރިހާ ކުޅިވަރު މުބާރާތަކުން ރަޝިއާ އެ އޮތީ އެކަހެރި ކޮށްފައެވެ.

Advertisement

Advertisement 1

ފޮޓޯ: ޓީއެމްޒެޑް.ކޮމެ / އިންޓަރނެޓް

އެއް ބޯޑަރެއް ޙިއްސާކުރާ ރަޝިއާ އިން ޔުކްރޭނަށް ޙަމަލާ ދިނުމަކީ ސިޔާސީ ކަމެކެވެ. ކުޅިވަރާއި ގުޅޭ ކަމެއް ނޫނެވެ. ރަޝިއާއިން ޔުކްރޭނަށް ޙަމަލާ ދޭން ފެށީ ހުޅަނގުން އަޑީގައި ތިބެ ނޭޓޯއަށް ޔުކްރޭނު ވައްދައި ރަޝިއާ އަށް ބިރުދައްކަން އުޅޭ ކަމުގެ ޖާސޫސީ މަޢުލޫމާތުތައް ލިބުނު ހިސާބުންނެވެ. އާޚިރުގައި ކަން ހިނގީ ވެސް އަދި ހިނގަމުން ދަނީ ވެސް ރަޝިއާ އަށް ލިބުނު މަޢުލޫމާތާއި އެއްގޮތަށެވެ. ޔުކްރޭނު ތެރޭގައި ރަޝިއާ އަށް ޙަމަލާ ދިނުމަށް ބޭރުގެ ކުލީ ސިފައިންނާއި ހަތިޔާރު ވެސް މަދުނުވާ ވަރަށް އިރުއިރުކޮޅާ ޖަމާކުރެއެވެ. އެކަމަކު ވެސް ފީފާ އަކުން ވެސް އަދި ބައިނަލްއަޤްވާމީ އެއްވެސް ކުޅިވަރު އިދާރާ އަކުން ޔުކްރޭނަކަށް ކުޅިވަރުގެ ދަނޑުގައި ފިޔަވަޅެއް ނާޅައެވެ.

ދެން އޮތީ ޔަހޫދީ ހައްދުފަހަނައެޅި ޓެރަރިސްޓު ޒައެނިސްޓް އިސްރާއީލެވެ. އެ މީހުން އެ ދަނީ މުސްލިމުންތައް ދިރިތިއްބައި އަންދަމުންނެވެ. ފަލަސްޠީނުގެ ފުޓުބޯޅަ ކުޅުންތެރިންނަށް ވެސް ޓާގެޓް ކޮށް ޝަހީދުކުރަމުންނެވެ.

މުސްލިމުންގެ ހަށިތައް ޖަނަވާރުންނަށް ކާންދީ، ކޮންމެ ދުވަހަކު ސަތޭކައެއްހާ މީހުން ޝަހީދުކޮށް މުސްލިމުންގެ ނަސްލު ޣައްޒާއިން ނައްތާލަމުން ދާ އިރު އެކަން ފީފާ އަށް ވެސް އަދި ޔޫއެފާ އަށް ވެސް އޯކޭއެވެ. އިސްރާއީލަށް ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި އެއްވެސް ހުރަހެއް ނެތެވެ. ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި ޔޫރަޕްގެ ދަނޑެއްގައި ފަލަސްޠީނުގެ ދިދައެއް ސަޕޯޓަރަކު ގެންގުޅުނަސް ޔޫއެފާ އިން އެކަން ތަޙްޤީޤް ކުރުމަށްފަހު ޖޫރިމަނާ ކުރެއެވެ. މާނައަކީ މުސްލިމުންގެ ލޭ އޮހޮރުވުމާއި ދެކޮޅަށް ޔޫރަޕްގެ ދަނޑުތަކުގައި އިހުތިޖާޖު ކުރުމަކީ މަނާކަމެކެވެ. ކުށެކެވެ.

ނަމަވެސް ނޭޓޯއާއި އީޔޫގެ ޤައުމުތަކުގެ ތާއީދާއެކު ޔޫކްރޭންގެ އަސްކަރިއްޔާއިން ރަޝިއާގެ ސަރަޙައްދުތަކަށް ޙަމަލާ ދެމުންދާއިރު ޔޫއެފާއިން ޔުކްރޭނުގެ ޓީމުތަކަށް ކުޅެން ފުރުސަތު ދީ، ޔޫރަޕްގެ ދަނޑުތަކުގައި ޔޫކްރޭންގެ ދިދަ އިޝްތިހާރުކޮށް، ޔުކްރޭނަށްޓަކައި ހިތާމައިގެ ސުކޫތުތައް ގެނެސް ޔުކްރޭނަށް ހިތްވަރުވެސް ދެއެވެ. ނަމަވެސް ޣައްޒާގެ މުސްލިމުންގެ ދިފާޢުގައި މިއިން ކަމެއް ނުކުރެއެވެ.

ކުޅިވަރު ސްޓޭޑިއަމްގައި، (ޔޫއެފާއިން އިންތިޒާމްކޮށްގެން) ތިމަންނާމެން މި ތިބީ ޔުކްރޭނާއި އެކީގައި ކަމަށާއި ޔުކްރޭނަށް ޙަމަލާ ނުދިނުމަށް ގޮވާލައި “އިހުތިޖާޖެއްގެ ބެނާއެއް” މުޅި ދުނިޔެއަށް ދައްކާލަނީ - ޣައްޒާގެ މުސްލިމުންގެ ދިފާޢުގައި ސަޕޯޓަރަކު ވެސް މިފަދަ ކަމެއް ކޮށްފިނަމަ އެއީ ޔޫއެފާއިން ސީރިއަސްކޮށް ތަޙްޤީޤް ކުރާނެ މައްސަލައެއް. / ފޮޓޯ: ގެޓީ އިމޭޖްސް.

އެހެންކަމުން، މިއީ ޔޫއެފާ އާއި ފީފާގެ ނިފާޤުކަމެވެ. މުސްލިމުންގެ ލޭ އެ މީހުންގެ އަތުގައި ހޭކިފައި ހުރި ކަމުގެ ސާފު ހެއްކެކެވެ. އދ އާއި، ބައިނަލްއަޤްވާމީ އެތައް ސަތޭކަ ޖަމާޢަތަކުން އިސްރާއީލުން ޣައްޒާގައި ނަސްލެއް ނައްތާލަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ އިރު ވެސް، ފީފާއިން ވެސް އަދި ޔޫއެފާ އިން ވެސް ގެންދަނީ މިނިވަންކަމާއެކު ހުރިހާ ކުޅިވަރު މުބާރާތްތަކުން އިސްރާއީލަށް ފުރުޞަތު ދެމުންނެވެ.

އެހެންކަމުން ކުޅިވަރުގެ މައިދާން، ޚައްޞަކޮށް ފުޓްބޯޅަ މިހާރު ބައްޓަން ވެފައި ވަނީ ޔޫރަޕްގެ ސިޔާސީ ކަމެއްގެ ގޮތުގައެވެ. މުސްލިމުން ކަތިލިޔަސް އޯކޭއެވެ. ނޭޓޯ ފެތުރުމަށްޓަކައި ރަޝިއާ އަށް ޙަމަލާ ދިނަސް އޯކޭއެވެ. އެކަމަކު ޔުކްރޭނަށް ގެއްލުން ލިބޭ ކަމެއް ކޮށްފި ނަމަ ފުޓުބޯޅައިން އެ ބަޔަކު އެކަހެރި ކުރާ މަންޒަރު ނޫން މަންޒަރެއް ޣައްޒާގެ ނަސްލު ނައްތާލާ ހަނގުރާމަ އާއި ރަޝިއާ-ޔުކްރޭނު ހަނގުރާމައަށް އެކަނި ބަލައިލިޔަސް ސާފުކޮށް އެބަ ފެނެއެވެ.

އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނަށް ނިސްބަތްވާ 344 ފުޓްބޯޅަ ކުޅުންތެރިން ޝަހީދުވެފައިވާއިރު ފުޓްބޯޅައަށް ލޯބިކުރާ 500،000 އެއްހާ މީހުންވަނީ އެ ކުޅިވަރުން އިޒްރޭލު ބޭންކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްޔޫއެފާ ނޭޝަންސް ލީގުރަޝިއާ - ޔުކްރޭންއިސްރާއީލްޣައްޒާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

5 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

6 ދުވަސް ކުރިން - 03:01

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12