Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޯޓްމަންޑުގެ ފަރާތުން ކުއާޓަރ ފައިނަލެއްގައި ފެންނަންޖެހޭ ކުޅުމެއް ނުފެނޭ، ބާސެލޯނާއިން ލަނޑު ގޯންޏެއް އޮއްސާލައިފި

ޑޯޓްމަންޑުގެ ފަރާތުން ކުއާޓަރ ފައިނަލެއްގައި ފެންނަންޖެހޭ ކުޅުމެއް ނުފެނޭ، ބާސެލޯނާއިން ލަނޑު ގޯންޏެއް އޮއްސާލައިފި

އައިޝަތު އީމާން
472 ދުވަސް ކުރިން - 10 އޭޕްރިލް 2025 02:13
ގޯލު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ގޯލު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޚުލާސާ

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި 4 ގޯލު ޑޯޓުމަންޑު ކޮޅަށް ޖަހާފައިވާއިރު ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ޑޯޓުމަންޑުގެ ދަނޑުގައި.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން ޑޯޓުމަންޓު، 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ކޭމްޕް ނޯ ގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޑިފެންޑަރު ޕައު ކުބާސީ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ވަދެ ވަދެ އޮއްވާ ގޯލުގެ ލައިނުގެ މަތިން ސްކޯ ކުރީ ފޯވާޑަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިޔާ ރަފިންހާ އެވެ. މި ގޯލާއެކު މިފަހަރު ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އަދި މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލުވެސް ޖަހާފައިވަނީ އޭނާއެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ފަރާތުން ތިން ގޯލު ފެނިފައވާއިރު ފުރަތަމަ ދެ ގޯލު ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑު ލެވަންޑޮސްކީ އެވެ. ރަފިންހާ ބޮލުން ތަނަވަސްކުރި ހިތްގައިމު ފުރުސަތުގެ ބޭނުން ހިފައި ލެވަންޑޮސްކީގެ ފުރަތަމަ ގޯލު އޭނާ ކާމިޔާބުކުރީ ބޮލުންނެވެ. އޭނާގެ ދެވަނަ ގޯލަކީ ފާމިން ލޮޕޭޒް ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބު ކުރި ގޯލެކެވެ.

Advertisement

Advertisement 1

މިވަގުތު ރަފިންހާ ފަހަތުން ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީ ލެވަންޑޮސްކީއެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް 11 ގޯލު ކާމިޔާބުކޮށްފައެވެ.

ޑޯޓުމަންޓުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަހު ގޯލު ކާމިޔާބުކުރީ 77 ވަނަ މިނެޓުގައި ބާސެލޯނާގެ ޒުވާން ހުނަރުވެރި ފޯވާޑު ލަމިން ޔަމާލެވެ. ޑޯޓުމަންޑުން ހެދި ގޯހެއްގެ ބޭނުން ހިފައި ޔަމާލް މި ގޯލު ކާމިޔާބުކުރީ ރަފިންހާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ޑޯޓުމަންޑުގެ ފަރާތުން މެޗުގައި ފެނުނީ ދަށް ކުޅުމެއް.

މުޅި މެޗުގައި ޑޯޓުމަންޑުން ގޯލުގެ ތިން ދަނޑިން އެތެރެއަށް ފޮނުވާލެވުނީ ޖުމްލަ ތިން ހަމަލާއެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ނުރައްކާތެރިއެއް ނޫނެވެ. މި ދެޓީމު ދެވަނަ ލެގުގައި ބައްދަލުކުރާނީ އަންނަ އަންގާރަ ދުވަހުގެރޭ ޑޯޓުމަންޑުގެ ދަނޑުގައެވެ.

ޔޫއެފާ ނޭޝަންސް ލީގުބާސެލޯނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބާސެލޯނާއިން 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރީގައި

91 ދުވަސް ކުރިން - 23:44

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

94 ދުވަސް ކުރިން - 08:43

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހި، އަނެއްކާވެސް ހިތްދަތި ނިމުމެއް

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހިއްޖެ

102 ދުވަސް ކުރިން - 10:57

ރަޔޯ ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

125 ދުވަސް ކުރިން - 00:11

ބާސެލޯނާއިން ނިއުކާސަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

129 ދުވަސް ކުރިން - 05:27

ރަފިންހާގެ ހެޓްރިކާއެކު ސެވިއްޔާ ބަލިކޮށް ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރަފިންހާގެ ހެޓްރިކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި

131 ދުވަސް ކުރިން - 15:08