ކްރޮއޭޝިއާ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 381 ދުވަސް ކުރިން - 19 ނޮވެންބަރު 2024 11:26
ޚުލާސާ

ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޑިވިޝަން ގުރޫޕް އެކެއްގައި ކްރޮއޭޝިއާ އާއި ޕޯޗުގަލާ ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް ޕޯޗުގަލްގެ ގަހަތުން ގުރޫޕުން ދެވަނަ ހޯދައި ކުއާޓަރ ފައިނަލުގެ ޖާގަ ކްރޮއޭޝިއާ ކަށަވަރުކޮށްފި

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް، އެ ޓީމު ކުއާޓާއަށް ދިޔައީ ގުރޫޕުން ދެވަނަ ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް މޮޅަށް ކުޅުނެވެ. އަދި 33 ވަނަ މިނެޓުގައި ޖޮއާއު ފެލިކްސްގެ ލަނޑުން ޕޯޗުގަލް ކުރި ހޯފިނަ،ަވެސް ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ޖަސްކޯ ގްވާޑިއޯލްގެ ގޯލު ޖަހައި ކްރޮއޭޝިއާ އިން މެޗު އެއްވަރުކުރިއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ 14 ޕޮއިންޓާއެކު ގުރޫޕުން އެއްވަނަ ހޯދާފައެވެ. އަދި ކްރޮއޭޝިއާ ވަނީ އަށް ޕޮއިންޓާއެކު ދެވަނަ ހޯދާފައެވެ. މިއާއެކު ދެ ޓީމުވެސް ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

ގުރޫޕުން ތިންވަނަ ހޯދި ސްކޮޓްލޭންޑަށް ލިބުނީ ހަތް ޕޮއިންޓެވެ. އެހެންކަމުން އެ ޓީމަށް ކުއާޓަރ ފައިނަލުގެ ފުރުސަތު ގެއްލުނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%