Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަޝިޔާގެ އެތެރޭގެ ހައްސާސް ތަންތަނަށް ހަމަލާދިނުމަށް އެމެރިކާއިން ޔުކްރެއިންއަށް ހުއްދަދީފި

ރަޝިޔާގެ އެތެރޭގެ ހައްސާސް ތަންތަނަށް ހަމަލާދިނުމަށް އެމެރިކާއިން ޔުކްރެއިންއަށް ހުއްދަދީފި

ޖަވާދު
659 ދުވަސް ކުރިން - 19 ނޮވެންބަރު 2024 08:35
ރަޝިޔާގެ އެތެރޭގެ ހައްސާސް ތަންތަނަށް ހަމަލާދިނުމަށް އެމެރިކާއިން ޔުކްރެއިންއަށް ހުއްދަދީފި
ޚުލާސާ

ދީފައިވާ ބާރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާ ނުދިނުމަށް ކުރިމް އެމެރިކާއިން އެންގިޔަސް މިހާރު އެ ނިންމުން ބަދަލުކޮށްފި. އީޔޫއިން ވެސް ވަނީ ރަޝިއާގެ އެންމެ އެތެރެއަށް ޙަމަލާ ދިނުމަށް ޔުކްރޭނަށް އަންގާފަ.

ރަޝިޔާގެ އެތެރޭގައިވާ އަސްކަރީ ބޭސްތަކާއި ހަތިޔާރުގެ ކާރުޚާނާތައްފަދަ ޙައްސާސް ތަންތަނަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔުކްރެއިންއަށް ދެއްވާފައިކަމަށް ނަން ހާމަކުރަން ބޭނުންނުވާ އެމެރިކާގެ ދެ މަސްއޫލުވެރިއަކު ބުނެފިއެވެ.

ޔުކްރެއިންއަށް މި ހުއްދަ ދިނުމާއި ގުޅިގެން ރަޝިޔާގެ ޕާލަމެންޓުގެ ބައެއް މެންބަރުން ވަނީ ޔުކްރެއިނުން ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދާދޭން ފަށައިފިނަމަ، ރަޝިޔާއާއި އެމެރިކާއާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުމެއް ހިނގާނެ ކަމަށް ބުނެ އެމެރިކާއަށް އިންޒާރު ދީފައެވެ. ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ބައިޑެން މި ހުއްދަ ދެއްވިކަން ނުސީދާ ގޮތެއްގައި ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮތުގައި ރަޝިޔާއާ ދެކޮޅަށް މުނާސަބު ފިޔަވަޅުތަކެއް އެޅުމުގެ ފެހި ސިގްނަލް މިހާރު ލިބިފައިވުމަކީ ޔުކްރެއިންގެ ހިތްހަމަ ޖެހުމެކެވެ. “މިސައިލްތައް އޭތި އަމިއްލައަށް ވާހަކަ ދައްކާނެ” ޒެލެންސްކީ ވިދާޅުވިއެވެ.

ހުޅަނގުން ޔުކްރެއިންއަށް ދީފައިވާ ޒަމާނީ ހަތިޔާރުތަކުގެ ތެރޭގައި އެމެރިކާގައި އުފައްދާ "އަޓަކަމްސް" މިސައިލާއި އިނގިރޭސިވިލާތުގައި އުފައްދާ "ސްޓޯމްޝެޑޯ" މިސައިލް ހިމެނެއެވެ. މިއީ ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލްތަކެކެވެ.

Advertisement

Advertisement 1

ކުރިން މިތަކެތި ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާއިން އަދި އިނގިރޭސިވިލާތުން ވެސް ދީފައެއް ނުވެއެވެ. ނަމަވެސް މި ދެ ޤައުމުވެސް މިހާރު ވަނީ ޔުކްރެއިންއަށް މި ހުއްދަ ދީފައިކަން ވަނީ ހާމަވެފައެވެ.

މި ހުއްދަ ދިނުމާއި ގުޅިގެން ރަޝިޔާއާއި އެމެރިކާގެ ކުރިމަތިލުމެއް ހިނގައިދާނެކަމުގެ ބިރު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ރަޝިޔާގެ މަސްއޫލުވެރިން ދެކޭގޮތުގައި ނޭޓޯގެ ކުރިމަތީގައި ފަހަތަށް ޖެހުމަކީ އަމިއްލައަށް މަރުވުމާ އެއްފަދަ ކަމެކެވެ.

ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެތެރޭގެ އެންމެ ފުނަށް ހަމަލާދިނުމަށް ޔުކްރެއިންއަށް ހިތްވަރު ދެއްވައި ފަރަންސޭސި ރައީސް އިންމަނުއެލް މެކްރޯން އާއި ޔޫރަޕްގެ އިއްތިހާދުގެ ރައީސާ އުރުސުލާ ވޮންޑަލެޔެން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެމެރިކާރަޝިއާ - ޔުކްރޭންރަޝިއާޔޫރަޕިއަން ޔޫނިއަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

7 ގަޑިއިރު ކުރިން - 13:34

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

9 ގަޑިއިރު ކުރިން - 12:02

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

8 ދުވަސް ކުރިން - 14:07