އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ދުރުރާސްތާ މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ ޔުކްރެއިންއަށް ދީފައިކަމަށާއި މިކަމާއި ގުޅިގެން ރަޝިޔާގެ ޕާލަމެންޓުގެ ބައެއް މެންބަރުން ވަނީ އެމެރިކާއށް ޙަމަލާ ދޭނެކަމަށް ބުނެ އިންޒާރުދީފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ދެ މަސްއޫލުވެރިއަކު ބުނި ގޮތުގައި ރަޝިޔާގެ އަސްކަރީ ބޭސްތަކާއި ހަތިޔާރުގެ ކާރުޚާނާތައްފަދަ ހައްސާސް ތަންތަނަށް ހަމަލާދިނުމުގެ ހުއްދަ ބައިޑެން ވަނީ ޔުކްރެއިންއަށް ދީފައެވެ. މިކަމާއި ގުޅިގެން ރަޝިޔާގެ ޕާލަމެންޓުގެ މެންބަރުން ބުނީ ޔުކްރެއިނުން މިފަދަ ހަމަލާއެއް ދީފިނަމަ، ރަޝިޔާއާއި އެމެރިކާއާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެ ކަމަށެވެ.
ޔުކްރެއިނުން ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދޭން ފަށައިފިނަމަ، ދެ ޤައުމުގައުމުގެ ދެމެދުގައި ސީދާ އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެކަމަށް ރަޝިޔާގެ ޕާލަމެންޓުގެ މެންބަރުން އިންޒާރުދީފައިވެއެވެ.
އެމެރިކާގައި އުފައްދާފައިވާ ދުރު ރާސްތާ މިސައިލްތަކުން ރަޝިޔާއަށް ހަމަލާދޭން ޔޫކްރޭނަށް ރައީސް ޖޯ ބައިޑަން ދެއްކެވި ފެހި ސިގްނަލްގެ ސަބަބުން ޑޮނަލްޑް ޓްރަމްޕްގެ ބައެއް އެކުވެރިންގެ މެދުގައި ވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ޚުދު ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅެއް ނުވި ނަމަވެސް ހަނގުރާމަ ނިންމާލާނެ ކަމަށް ވައުދުވެވަޑައިގަތުމަށް ފަހު އިންތިޚާބު ކާމިޔާބު ކުރެއްވި އަދި އޭނާއާ ގާތް ބައެއް މީހުން ވަނީ ބައިޑެންގެ އެ ފިޔަވަޅު ކުށްވެރިކޮށްފަ އެވެ.
ކިއެވްގެ ހަނގުރާމައިގެ މަސައްކަތަށް ބައިޑަން ވަނީ ދިހަ ބިލިއަން ޑޮލަރު ކޮމިޓްކޮށް، ހަފްތާ ބަންދުގައި ޔޫކްރޭނުން އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާތައް ދިނުމާއި ގުޅޭ ގޮތުން ދިގު މުއްދަތަކަށް ރަތް ރޮނގެއް ދޫކޮށްލާފައެވެ. މިއީ ސީދާ ޓުރަމްޕުގެ ވެރިކަން ހަލަބޮލި ކޮށްލުމަށް ބައިޑެން އޭނާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ނިންމެވި ނިންމެވުމެއް ކަމަށް މުހައްލިލުން ބުނެއެވެ.
ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ބައްޕާފުޅު ޓްރަމްޕް ވެރިކަމާއި ޙަވާލުވެވަޑައިގަތުމުގެ ކުރިން "ތިންވަނަ ބޮޑު ހަނގުރާމަ ކުރިއަށް ގެންދިއުމަށް" ބައިޑަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ބައިޑަންގެ ނިންމުން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާއިރު، ރިޔާސީ ވެރިކަމެއްގެ ފަހު މަސްތަކުގައި މިފަދަ މުހިންމު ސިޔާސަތު ނިންމުމެއް ނިންމުމަކީ ކިހައި ވަރެއްގެ ކަމެއްތޯ ސުވާލު ކުރުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ ބައިޑަން އަކީ އަދިވެސް ރައީސް ކަމަށާއި ވެރިކަން އަދި ނުނިމޭ ކަމަށެވެ. ބައިޑަން އިންތިޚާބުވީ “ތިން އަހަރާއި 10 އަހަރުގެ ދައުރަކަށް ނޫން ހަތަރު އަހަރުގެ ދައުރަކަށް" ކަމަށެވެ.
"އަޅުގަނޑުމެންގެ ދައުރުގެ ކޮންމެ ދުވަހެއް ބޭނުން ކުރާނީ އެމެރިކާގެ ރައްޔިތުންގެ މަސްލަޙަތަށް. އަޅުގަނޑުމެން ޤަބޫލުކުރާ ސިޔާސަތު މަސްލަޙަތުތަކެއް ކުރިއަށް ގެންދިއުމަށް،" މެތިއު މިލާ ވިދާޅުވި އެވެ. މިލާ ވިދާޅުވީ ޔުކްރޭނާއި،ެދުނއެމެރިކާ ސަރުކާރުން ގެންގުޅޭ ސިޔާސަތު ދެން އަންނަ ވެރިޔަކު ބަދަލުކުރުން އެއީ އެބަޔަކަށް ޙައްޤު ކަމެއް ކަމަށާއި، ނަމަވެސް މިވަގުތު ވެރިކަން ހިންގާނެ ގޮތް އެނގޭނީ ބައިޑެން އަށެވެ. އަދި ޓުރަމްޕުގެ ވެރިކަމުގައި ތަފާތު ވިސްނުމެއް ނަގަން ބޭނުން ނަމަ ނަގަންވީ ކަމަށެވެ.
"ދެން އަންނަ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، އޭނާއަށް އަމިއްލައަށް ނިންމުންތައް ނިންމޭނެ." ތަރުޖަމާނު ވިދާޅުވިއެވެ.
އެހެންކަމުން މިއީ ސީދާ ޓްރަމްޕަށް އެމެރިކާ އަދި ހުޅަނގުގެ ބައިޑެންގެ އެކުވެރިން ރާވައިގެން ކުރާ ޖެއްސުމެއް ކަމަށް މުހައްލިލުން ބުނެއެވެ. ދުރުރާސްތާ މިސައިލް ޔުކްރޭނަށް ނުދީ ދިގުދެންމެވީ ވެސް ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު މިފަދަ ނިންމެވުމެއް ނިންމެވުމަށް ކަމަށާއި ބައިޑެންގެ ބޭނުމަކީ ޓުރަމްޕުގެ ސަރުކާރަށް ޕްރެޝަރު ކުރުން ކަމަށް ވެސް މުހައްލިލުން ބުނެއެވެ.
ޓްރަމްޕް މަސައްކަތް ކުރައްވަނީ ރަޝިއާ ޔުކްރޭނު މައްސަލަ ފިނިކުރުމަށެވެ. ޓްރަމްޕް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވައިޓް ހައުސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ޓްރަމްޕް ވަނީ ހަނގުރާމަތަކުގައި އެމެރިކާ ބައިވެރިވުން ނިމުމަކަށް ގެނެސް، އޭގެ ބަދަލުގައި އެމެރިކާ މީހުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ޓެކްސް ދައްކާ މީހުންގެ ފައިސާ ބޭނުން ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.
އޭނާ ވަނީ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނެސްދޭނެ ކަމަށް ވެސް ބުނެފަ އެވެ. ޓްރަމްޕުގެ ސަރުކާރެއްގައި ޔުކްރޭނަށް ސިފައިންނާއި ހަތިޔާރު ވެސް ފޮނުވަން ޓްރަމްޕް ދެކޮޅު ހަދައެވެ.









