ފުޓުބޯޅަ ފޯރި އަލުން ގެނައުމުގެ މަޤުސަދުގައި ނައިންޓީ ޕްލަސް އިން ބާއްވާ ގޯލްޑް ކަޕް 2024 މާދަމާ ފަށާނެއެވެ.
މުބާރާތަށް ވާން ޖެހޭ ތައްޔާރީތައް މެޗު ހޯސްޓުކުރާ ފަރާތް ކަމުގައިވާ ނައިންޓީ ޕްލަސް އިން ވަނީ ވެފައެވެ.
މި މުބާރާތުގެ ހުރިހާ މެޗުތަކެއް ޕީއެސްއެމްގެ ޔެސްޓީވީ ޗެނަލްއިން ގެނެސްދޭގޮތަށް ހަމަޖެހިފައިވާއިރު، ކޮންމެ މެޗެއްގެ ކުރިން ޕްރީ މެޗު ޝޯ އާއި ޕޯސްޓް މެޗު ޝޯ ބާއްވަނެކަމަށް ނައިންޓީ ޕްލަސްގެ އިސް ހަރަކާތްތެރިޔާ ތަޖުރިބާކާރު ކޯޗު, މުޙައްމަދު ޝާޒްލީ (ޝާޒް) ވަނީ ޔަޤީން ކޮށްދީފައެވެ.
ރަށްތަކާއި ސިޓީތައް ބައިވެރިވާ މި މުބާރާތުގައި ކުޅުމަށް ބިދޭސީ ކުޅުންތެރިން ޓީމުތަކަށްވަނީ ގެނެސްފައެވެ.
މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް ގޮތަށެވެ. ގްރޫޕް އޭ ގައި އޮތީ ފުވައްމުލައް ސިޓީ ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ، ދ.މީދޫ، އަދި ހއ. ދިއްދޫއެވެ. ގްރޫޕް ބީ ގައި އޮތީ މާލެ ސިޓީ، ތ. ތިމަރަފުށި، ބ. އޭދަފުށި އަދި ބ. ތުޅާދޫ އެވެ. ގްރޫޕް ސީގައި އޮތީ އައްޑޫ ސިޓީ، ޅ.ކުރެންދޫ، ކ.ހުރާ، އަދި ކ.ގުރައިދޫ އެވެ. ގްރޫޕް ޑީ ގައި އޮތީ ޅ.ނައިފަރު، ކ.މާފުށި އަދި ކެންދޫގެ އިތުރުން އަލިފުށްޓެވެ.
މާދަމާ ފަށާ މި މުބާރާތުގެ މެޗުގެ ޝެޑިއުލްވަނީ މިހާރު ޔެސް ޓީވީގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައެވެ.




