Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރުން: ރައީސް މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރުން: ރައީސް މުޢިއްޒު

މުޙައްމަދު ޛިހާން ޒުބައިރު
606 ދުވަސް ކުރިން - 18 ނޮވެންބަރު 2024 02:50
ސަރުކާރަށް އަހަރެއް ފުރުމާއި ގުޅޭ ގޮތުން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ.
ސަރުކާރަށް އަހަރެއް ފުރުމާއި ގުޅޭ ގޮތުން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ.
ޚުލާސާ

ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރުން ކަމަށް. އެގޮތުން އެއް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން، ޞިއްޙަތު، އިޤްތިޞާދު، ލާމަރުކަޒީ ނިޒާމު، ދީން އަދި ތަޢުލީމީ ދާއިރާތަކުން ކުރިއެރުންތަކެއް ހޯދިފައިވާކަން ރައީސް ފާހަގަކުރެއްވި.

މި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ނަތީޖާ ނެރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި "ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް ޙާޞިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ ދާއިރާގައި ލުއިފަސޭހަ ގޮތްތަކެއް ތަޢާރަފުކުރެވި، 2025 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ޚާއްޞަ އިސްކަމެއް ދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް %5 އަށްވުރެ ދަށް ސަރވިސް ޗާޖެއް ނަގައިގެން ލޯނު ދޫކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެއާ އެމްބިއުލާންސް ޚިދުމަތް، އައިވީއެފް ފަރުވާ، ނަފްސާނީ ބަލިތަކަށް ޚާއްޞަ ހެލްޕްލައިނެއް އަދި 911 ކުއްލި ނުރައްކަލުގެ ޚިދުމަތް ތަޢާރަފުކުރެވުނު ކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތެލެސީމިއާ ބަލީގެ ފަރުވާއަށް 14 ކުދިން ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

އިޤްތިޞާދީ ރޮނގުން އައު މަޝްރޫޢުތަކެއް ފެށި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނީ ތަޢުލީމުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ޖުމްލަ ގޮތެއްގައި، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައި، ރައްޔިތުންނަށް ފައިދާހުރި ގިނަ މަޝްރޫޢުތަކެއް ފެށިފައިވާކަން ރައީސްގެ ވާހަކަފުޅުން ފާހަގަކުރެވުނެވެ.      

ރައީސް ޑރ. މުހައްމަދު މުއިއްޒުހަފްތާ 52
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

5 ގަޑިއިރު ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

1 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

1 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

2 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

3 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 22:50