Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ރައީސް މުޢިއްޒު ދެކޮޅު

މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ރައީސް މުޢިއްޒު ދެކޮޅު

މުޙައްމަދު ޛިހާން ޒުބައިރު
652 ދުވަސް ކުރިން - 18 ނޮވެންބަރު 2024 02:12
ރައީސް މުޢިއްޒު މީގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއް.
ރައީސް މުޢިއްޒު މީގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއް.
ޚުލާސާ

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމުގެ ބިލަށް ރައީސް މުޢިއްޒު ތާއީދު ނުކުރައްވާ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަށް ހުރަސްއެޅޭ ކަމެއް ނުކުރައްވާނެ ކަމަށް. ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ މިކަމަށްޓަކައި ރައީސަށް ޝުކުރުއަދާކޮށްފައި.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމުގެ ބިލަށް ތާއީދު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއަށްފަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ތާއީދު ނުކުރައްވާ ކަމަށާއި، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލު ބޭރުކުރާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެސް އެ ބިލު ބަލައިނުގަންނާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ނޫސްވެރިކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement 1

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މި ބިލުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ޖާނަލިސްޓް އެސޯސިއޭޝަނުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ރައީސްއާ މަޝްވަރާކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ އެޕޮއިންޓްމަންޓަކަށް ވެސް އެދިފައެވެ.

ރައީސް މި ބިލާ ދެކޮޅަށް ވާހަކަފުޅުދައްކަވާފައިވާތީ، ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ. މިނިވަން ނޫސްވެރިކަން ހިމާޔަތްކުރުމަށް ރައީސް މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަން މިކަމުން ދޭހަވެގެން ދިޔައިރު، އެ ޖަމްޢިއްޔާއިން ބުނެފައިވަނީ ދިވެހިނޫސްވެރިންގެ ގޮވާލުންތައް އަޑުއައްސަވާ ރައީސް މި ނިންމެވި ނިންމެވުމާއި ދެއްވި ޔަޤީންކަން ފާހަގަކޮށް ދިވެހި ނޫސްވެރިންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހަފްތާ 52
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

11 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

11 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

11 ގަޑިއިރު ކުރިން - 16:42