Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެމްކޯގެ "ފަތުރުވެށި" ޚިދުމަތާއި އިތުރު 3 ރިސޯޓު ގުޅިއްޖެ

ވެމްކޯގެ "ފަތުރުވެށި" ޚިދުމަތާއި އިތުރު 3 ރިސޯޓު ގުޅިއްޖެ

އާނާ ފަހީމް
662 ދުވަސް ކުރިން - 16 ނޮވެންބަރު 2024 23:59
ވެމްކޯގެ "ފަތުރުވެށި" ޚިދުމަތާއި އިތުރު 3 ރިސޯޓަކާއެކު އެއްބަސްވުމުގައި ސޮއިކުރުން/ ފޮޓޯ: ވެމްކޯ
ވެމްކޯގެ "ފަތުރުވެށި" ޚިދުމަތާއި އިތުރު 3 ރިސޯޓަކާއެކު އެއްބަސްވުމުގައި ސޮއިކުރުން/ ފޮޓޯ: ވެމްކޯ
ޚުލާސާ

ވެމްކޯއިން ރިސޯޓުތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތް "ފަތުރުވެށި" ދަށުން މިހާރު 6 ރިސޯޓަކަށް ޚިދުމަތް ދެމުންދޭ. އަދި އިތުރު ދެ ރިސޯޓަކާއެކު އެއްބަސްވުމުގައި ސޮއިކުރެވުމުން 8 ރިސޯޓަށް ޚިދުމަތް ދެވެން ފެށޭނެކަމަށް ވެމްކޯއިން ވިދާޅުވެއްޖެ.

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ރިސޯޓުތަކުން ކުނި ނަގައިދިނުމުގެ "ފަތުރުވެށި" ޚިދުމަތާއި އިތުރު 3 ރިސޯޓެއް ގުޅިއްޖެއެވެ. މި ޚިދުމަތް ލިބިގަތުމަށް އަލަށް ގުޅުނު ރިސޯޓުތަކާއިއެކު ވެމްކޯއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލު ވިދާޅުވީ، މީގެ ކުރިން ރިސޯޓުތަކުގެ ކުނި ތިލަފުށްޓަށް ގެންނަނީ އަމިއްލަ ފަރާތްތަކުން ކަމަށާއި، މިގޮތަށް ކުނި ގެންނައިރު ބައެއް ކުނި ކަނޑަށް އެޅިފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ވެމްކޯގެ ކުނި ގެންދިޔުމުގެ ޚިދުމަތާއި ގުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޚިދުމަތުން އަޅުގަނޑުމެން ޚަރަދުކުރަންޖެހެނީ ލޮޖިސްޓިކަށް އެކަނި. މި ޚިދުމަތުގެ ސަބަބުން ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރިސޯޓެއްވެސް ވެމްކޯގެ ކުނި ނަގައިދިނުމުގެ ޚިދުމަތަށް ގެނައުން." މުޖްތަބާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ވެމްކޯއިން ރިސޯޓުތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި 11 ގައެވެ. މި ޚިދުމަތް ލިބިގަންނަން ފެށި އެންމެ ފުރަތަމަ ރިސޯޓުތަކަކީ ކޮރާކޮރާ މޯލްޑިވްސް، އަލިލާކޮޓެއިފަރު އަދި ނޮކު މޯލްޑިވްސްއެވެ. އަލަށް ގުޅުނު 3 ރިސޯޓަކީ މަލާހިނި ކުޑަބަނޑޮސް މޯލްޑިވްސް، ޖުމައިރާ އޮޅަހަލި މޯލްޑިވްސް އަދި މޫވެންޕިކް ކުރެދިވަރު މޯލްޑިވްސްއެވެ.

ވެމްކޯއިން ބުނީ އިތުރު ދެރިސޯޓަކާއެކު މި ޚިދުމަތާއި ގުޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށާއި، އޭރުން ޖުމްލަ 8 ރިސޯޓަށް ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ. މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓުތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

7 ދުވަސް ކުރިން - 14:41

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

22 ދުވަސް ކުރިން - 19:57

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

83 ދުވަސް ކުރިން - 16:32

ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ: މެޑަމް ސާޖިދާ

“ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ”

139 ދުވަސް ކުރިން - 08:25

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދެނެގަތުމަށް އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

ވެމްކޯއާ ގުޅޭގޮތުން އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

196 ދުވަސް ކުރިން - 15:58

ކުނި އުކާލުމުގައި ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން: އެފްޑީސީ

ކުނި އުކާލުމުގައި ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅަނީ

210 ދުވަސް ކުރިން - 12:00