އިންޑިއާގެ ބެންގަލޫރު ސިޓީގެ ހޮޓަލެއްގައި ދިވެއްސެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު އެވެ.
މަރުވެފައި އޮއްވައި ފެނުނު މީހާއަކީ 43 އަހަރުގެ ހަސަން ސުހައިލް އެވެ. އޭނާގެ މަރުވެފައިވަނީ ލޭގެ ޕްރެޝަރު ދަށްވުމާއި ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެންނެވެ.
މި ވަގުތު، މަރުހޫމްގެ ހަށިގަނޑު ވަނީ ބެންގަލޫރުގެ މޯޗަރީއެއްގައިއެވެ. އޭނާގެ ޕޯސްޓްމޯޓަމް ހެދުމާ މެދު އާއިލާއިން ގޮތެއް ނިންމަންދެން ހަށިގަނޑު އެތަނުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.









