ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އޭޓީއާރް މަތިންދާބޯޓުތަކަށް ޕައިލެޓުން ހޯދުމަށް ޢިއުލާނުކޮށްފިއެވެ.
މި ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ސައްހަ ސީޕީއެލް(އޭ) އާއެކު މަލްޓި-އެންޖިން އިންސްޓްރުމެންޓް ރޭޓިންގ އަދި އޭޓީޕީއެލް ތިއަރީ ޕޭޕަރުތައް ފުރިހަމަކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ސައްހަ ކްލާސް 1 މެޑިކަލް އަދި އިސްލާމާއި ދިވެހި ނުހިމަނައި އޯލެވެލްއިން މަދުވެގެން 3 މާއްދާއިން 'ސީ' ގްރޭޑް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން ލާޒިމުކުރެއެވެ.
މޯލްޑިވިއަނުން ބުނީ، މި މަޤާމަށް ހޮވޭ ފަރާތްތަކަށް ކުންފުނީގެ ހެލްތު އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނާއި ބަލަދުވެރިންނަށް ހެލްތު އިންޝުއަރެންސް، ކުންފުނީގެ އެއަރލައިން ޚިދުމަތްތަކުން ޑިސްކައުންޓް ޓިކެޓް އަދި ޚާއްސަ މުއައްސަސާތަކުން ކްރެޑިޓް ފެސިލިޓީ އެންރޯލްމަންޓް ފަދަ އިނާޔަތްތައް ލިބިގެންދާނެ ކަމަށެވެ. އަދި ކުންފުނީގެ ތަމްރީނު ސިޔާސަތާ އެއްގޮތަށް އޭޓީއާރް ޓައިޕް ޓްރެއިނިންގ ލިބުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ނޮވެމްބަރ 2024 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު މޯލްޑިވިއަނުން ވަނީ ހުޅުވާލައިފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3331268 ނުވަތަ 3331292 އަށް ގުޅުމަށް މޯލްޑިވިއަނުން ވަނީ އިރުޝާދު ދީފައެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެ ކަމަށާއި އަދި ފޯމު ފުރިހަމަނުވާ އަދި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.









