"ޝޭޑްސް އޮފް މައިންޑް" އާޓް އެގްޒިބިޝަން ރަސްމީކޮށް ފަށައިފި

އަައިޝަތު ޒީނާ | 190 ދުވަސް ކުރިން - 13 ނޮވެންބަރު 2024 16:13
ައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފު "ޝޭޑްސް އޮފް މައިންޑް" އާޓް އެގްޒިބިޝަން ހުޅުއްވައިދެއްވަނީ.
ައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފު "ޝޭޑްސް އޮފް މައިންޑް" އާޓް އެގްޒިބިޝަން ހުޅުއްވައިދެއްވަނީ.
ޚުލާސާ

ޔޫތު މިނިސްޓްރީން ބުނީ މިމަހު 17ގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އެފަރާތްތަކަށް އާމްދަނީ ލިބިގެންދާނެ ކަމަށް.

ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ "ޝޭޑްސް އޮފް މައިންޑް" އާޓް އެގްޒިބިޝަން ފަށައިފިއެވެ.

މި އާޓް އެގްޒިބިޝަން ހުޅިވައިދެއްވާ، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފުއެވެ.

ޔޫތު މިނިސްޓްރީން ބުނީ މިމަހު 17ގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އެފަރާތްތަކަށް އާމްދަނީ ލިބިގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެގްޒިބިޝަންގެ ތާރީޚުތަކުގައި އާޓް ގެލެރީއަށް ހިލޭ ވަދެވޭނެ ކަމަށެވެ.

ނަފްސާނީ ސިއްޙަތުގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ގެނެސްދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%