Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޖިން އޭނާގެ ސޯލޯ އަލްބަމް ނެރުމުގެ އުފަލުގައި 50 ސިފައިން ގޮވައިގެން ޑޭޓަކަށް ދާން ނިންމައިފި

ޖިން އޭނާގެ ސޯލޯ އަލްބަމް ނެރުމުގެ އުފަލުގައި 50 ސިފައިން ގޮވައިގެން ޑޭޓަކަށް ދާން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
609 ދުވަސް ކުރިން - 12 ނޮވެންބަރު 2024 22:49
ބީޓީއެސްގެ މެމްބަރު ޖިން
ބީޓީއެސްގެ މެމްބަރު ޖިން
ޚުލާސާ

ޖިންގެ އަލްބަމް "ހެޕީ" ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު. ފޭނުންނަށް ޚާއްޞަކޮށްދޭ މި ޑޭޓް އިވެންޓު ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށް ބިގްހިޓުން މަޢުލޫމާތު ދީފައިވޭ.

ކޭޕޮޕްގެ މަޝްހޫރު ބޭންޑު، ބީޓީއެސްގެ މެމްބަރު ޖިން އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "ހެޕީ" ނެރުމުގެ އުފަލުގައި 50 ސިފައިން ނުވަތަ ފޭނުން ގޮވައިގެން ޑޭޓަކަށް ދާން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޖިން ތަމްސީލުކުރާ ކުންފުނި ބިގްހިޓް މިއުޒިކުންނެވެ.

ޖިންގެ އަލްބަމް "ހެޕީ" ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ފޭނުންނަށް ޚާއްޞަ މި ޑޭޓް އިވެންޓު ކުރިއަށްދާނީ މި މަހުގެ 24ވަނަ ދުވަހު ކަމަށް ބިގްހިޓުން މަޢުލޫމާތު ދީފައިވެއެވެ. ޑޭޓަށް ހޮވާފައިވާ ތަނަކީ ކޮރެއާގެ މަޝްހޫރު އަދި ޚާއްޞަ ޕާކެއް ކަމުގައިވާ "ލޮއްޓޭ ވޯލްޑް އެޑްވެންޗަރ" އެވެ.

ބިގްހިޓް މިއުޒިކުން ބުނެފައިވާ ގޮތުގައި މިއީ ޖިންގެ އަމިއްލަ ވިސްނުމެކެވެ. އަދި މިއީ ޖިންގެ އަލްބަމްގެ ނަމާއި އެއްގޮތަށް އާމީސްއާއި ޖިންއާ ދެމެދު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ މަޤްޞަދުގައި ޖިން ރާވާފައިވާ ކަމެއް ކަމަށްވެސް ބުންޏެވެ،

Advertisement

Advertisement 1

ޖިންއާއެކު ޑޭޓަކަށް ދިއުމުގެ ފުރުޞަތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޖިންގެ އަލްބަމް ގަތުމަށްފަހު ގުރުއަތުލުމުގައި ބައިވެރިވާންޖެހެއެވެ. މި ފުރުޞަތު ހުޅުވާލެވިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ގުރުއަތުލުން އޮންނާނީ ނޮވެމްބަރު 19 ވަނަ ދުވަހު ކަމަށް ބިގްހިޓުން ބުނެއެވެ.

މީގެ އިތުރުން، ޖިންގެ "ހެޕީ" އަލްބަމް ނެރުމަށްފަހު ދެދުވަހުގެ ކޮންސަޓެއް ބޭއްވުމަށް ވެސް ނިންމާފައި ވެއެވެ. މި ކޮންސަޓް އޮންނާނީ ނޮވެމްބަރު 16 އާއި 17 ވަނަ ދުވަހު ސޯލްގެ ޖަންގްޗުން އެރީނާގައެވެ.

ބީޓީއެސް ބޭންޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

35 ދުވަސް ކުރިން - 11:23

ބީޓީއެސްގެ ވޯލްޑް ޓުއާ ފޯރިއާއެކު ފަށައިފި

ބީޓީއެސްގެ ވޯލްޑް ޓުއާ ފޯރިއާއެކު ފަށައިފި

94 ދުވަސް ކުރިން - 23:54

100,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބީޓީއެސް އިން އަލުން ސްޓޭޖަށް!

ލައްކައަށްވުރެ ގިނަ ސަޕޯޓަރުންނާއެކު ބީޓީއެސް އަލުން ސްޓޭޖަށް!

115 ދުވަސް ކުރިން - 01:49

ބީޓީއެސްގެ އާ ފެށުން: ހާއްސަ ކޮންސެޓާއި ޑޮކިއުމެންޓްރީ ނެޓްފްލިކްސްއިން މުޅި ދުނިޔެއަށް

ބީޓީއެސްގެ އެނބުރި އައުން ނެޓްފްލިކްސްއިން ދައްކަނީ

161 ދުވަސް ކުރިން - 20:44

މެކްސިކޯގައި ބީޓީއެސްގެ އިތުރު ޝޯތަކެއް ބޭއްވުމަށް އެ ގައުމުގެ ރައީސް އާއި ކޮރެއާގެ ރައީސަށް ސިޓީއެއް ފޮނުއްވައިފި

ބީޓީއެސް ޝޯތައް އިތުރުކުރަން މެކްސިކޯއިން އެދިއްޖެ

164 ދުވަސް ކުރިން - 22:08

ބީޓީއެސްގެ ބޮޑު ކަމްބެކް: 79 ކޮންސެޓާއެކު ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ބީޓީއެސްގެ 79 ކޮންސެޓާއެކު ބިލިއަން ޑޮލަރުގެ އާމްދަނީއެއް

182 ދުވަސް ކުރިން - 23:52