Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ހުއްޓިފައި ނުވާކަމަށް ޝިމާދު ވިދާޅުވެއްޖެ

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ހުއްޓިފައި ނުވާކަމަށް ޝިމާދު ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
668 ދުވަސް ކުރިން - 9 ނޮވެންބަރު 2024 22:45
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު/ ފޮޓޯ: ޚުލާސާ
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު/ ފޮޓޯ: ޚުލާސާ
ޚުލާސާ

ބަންކަރިން ހިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި މިފަދަ މުހިއްމު އިންވެސްޓުމެންޓުތަކާއި ގުޅޭ ހަބަރުތައް ގެނައުމުގައި ވިސްނުންތެރިކަން އިސްކުރުމަށް ޝިމާދު ގޮވާލެއްވި.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ހުއްޓިފައިވާ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ޚަބަރުތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ދޮގުކުރައްވައިފިއެވެ.

ޝިމާދު މިހެން ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ދޭން އުތުރުގައި ބާއްވާފައި އޮތް ދެ ބޯޓު މާލެ ސަރަޙައްދަށް އައުމުން ބަންކަރިން ޚިދުމަތް ހުއްޓިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ޚަބަރުތަކާއި ގުޅިގެންނެވެ.

ޝިމާދު ވިދާޅުވީ "މެރިން ބެލާ" މާލެ ކައިރިއަށް އައީ އޯޑަރަކަށް ތެޔޮ ޑެލިވެރީ ކޮށްދިނުމަށެވެ. އަދި "މެރިން އެންޖެލްސް" އުޅަނދު މާލެ ސަރަޙައްދަށް އައީ ރޫޓިންކޮށް ކުރަން ޖެހޭ މަރާމާތެއް ކުރުމަށް ކަމަށް ޝިމާދު ވިދާޅުވިއެވެ. 

Advertisement

Advertisement 1

އިހަވަންދިއްޕޮޅުގައި މަރާމާތުކުރުމަށް ބޭނުންވާ ވޯކްޝޮޕުތައް ނެތުމުން މާލެ ސަރަޙައްދަށް ރޫޓިން މަރާމާތަކަށް އެ ބޯޓު އަންނަން ޖެހުނު ކަމަށް ޝިމާދު ވިދާޅުވިއެވެ.

ބަންކަރިން ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި މިފަދަ މުހިއްމު އިންވެސްޓުމެންޓުތަކާއި ގުޅޭ ޚަބަރުތައް ގެނައުމުގައި ވިސްނުންތެރިކަން އިސްކުރުމަށް ޝިމާދު ގޮވާލެއްވިއެވެ. އަދި ބަންކަރިން ޚިދުމަތާއި ގުޅިގެން އާ މަޢުލޫމާތުތަކެއް ކުރިއަށް އޮތް ކަމަށް ވެސް ޝިމާދު ހާމަކުރެއްވިއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް އިންވެސްޓްކޮށްފައިވެއެވެ. މި ޚިދުމަތް ފަށާފައިވަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާއި ގުޅިގެންނެވެ.

ބަންކަރިން ޚިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ތެޔޮ ޓާމިނަލަކާއި ކޮންޓެއިނާ ޓާމިނަލެއް އެޅުމަށް ހަމަޖެހިފައިވާ އިރު، ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް ހަ ފަރާތަކުން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. 

އެސްޓީއޯޝިމާދު އިބްރާހިމްބަންކަރިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

8 ދުވަސް ކުރިން - 15:54

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

13 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

20 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

29 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

89 ދުވަސް ކުރިން - 13:57