މާފުށީ ޖަލުގެ ގޮޅި ކްލަބަކަށް ހަދާފައިވާކަމަށް ދައުރުވާ ވީޑިއޯއަކީ ކުރީގެ ވިޑިއޯއެއް: ކަރެކްޝަންސް

އާނާ ފަހީމް | 180 ދުވަސް ކުރިން - 9 ނޮވެންބަރު 2024 17:27
ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން
ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން
ޚުލާސާ

މާފުށީ ޖަލުގެ ގޮޅިއެއް ކްލަބެއް ގޮތަށް ދިއްލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާއިރު، އެއީ 2022 ވަނަ އަހަރުގެ ވީޑިއޯއެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި.

މާފުށީ ޖަލުގެ ގޮޅިއެއް ކްލަބެއް ގޮތަށް ދިއްލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ބަޔަކު މިހާރު ދައުރު ކުރަމުން ދިޔަ ނަމަވެސް އެއީ ކުރީގެ ވީޑިއޯއެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފިއެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ޖަލު ގޮޅިތެރޭގައި އެކި ކުލައިގެ ބޮކިތަކުން ވަނީ ދިއްލާލައިފައެވެ. އަދި ފާރުގައި ޑިޒައިން ކޮށް، ގޮޅި ތެރޭގައި އެކި ފަރުނީޗަރުތައް ވެސް ބަހައްޓާފައި ހުންނަތަން އެ ވީޑިއޯއިން ފެނެއެވެ. މީގެ އިތުރުން އެގޮޅީގައި މީހުން އުޅޭތަން ވެސް ފެނެއެވެ.

އެކަމާއި ގުޅިގެން ކަރެކްޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކީ އެ ސާވިސް އިން ބެލިބެލުމުން 2022 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ދައުރުވަމުންދާ ވީޑިއޯއެކެވެ.

އަދި ޤައުމީ ސަލާމަތާއި ގުޅުން ހުންނަ މިފަދަ މުއައްސަސާއަކާއި ބެހޭގޮތުން މަޢުލޫމާތު ފެތުރުމުގެ ކުރިން އެކަމެއްގެ މައުލޫމާތު އެ މުއައްސަސާއަށް ގުޅުއްވައިގެން ހޯއްދެވުމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%