Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓް ތަރައްޤީކުރުމަށް އެމްއެންޔޫއާއި ޙަވާލުކޮށްފި

ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓް ތަރައްޤީކުރުމަށް އެމްއެންޔޫއާއި ޙަވާލުކޮށްފި

އާނާ ފަހީމް
669 ދުވަސް ކުރިން - 9 ނޮވެންބަރު 2024 15:56
ލ. ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް ވަޒީރު ފައިސަލް ފަހުމުނާމާގައި ކުރައްވަނީ.
ލ. ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް ވަޒީރު ފައިސަލް ފަހުމުނާމާގައި ކުރައްވަނީ.
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ލ. ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ލ. މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް މިއަދު ޤައުމީ ޔުނިވަރސިޓީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހީމް ފައިޞަލެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަދި ދާއިރާގައި ގިނަ އަހަރު ތަޖުރިބާ ލިބިފައިވާ މީހުންނަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި ޓޫރިޒަމް ސިނާއަތުގެ ތެރެއިން ދިވެހިންނަށް މަންފާ އެންމެ ރަނގަޅަށް ލިބޭނެ ގޮތަކަށް މި ސިނާއަތު ބައްޓަންކުރުމަކީ މިއަދު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި މަޝްރޫޢާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާއިރު ތިމާވެށި ރައްކާތެރިކުރުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ދިވެހި ޘަޤާފަތާއި އާދަކާދަތައް ދެމެހެއްޓުމަށް އިސްކަންދޭނެ ކަމަށްވެސް ވައިސް ޗާންސެލަރ އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފުއްދުމުގެ ގޮތުން ހުޅިމެންދޫގައި ޢިމާރާތްކުރާ 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޢުލީމީ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ހަމަކުރާނެ މަޝްރޫޢެއް ކަމަށްވެސް ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ.

މި ރިސޯޓުގައި ކިޔަވާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވިއެވެ. "ރައީސްގެ ވިސްނުން ހުރި ގޮތުން އަޅުގަނޑުމެން ބޭނުންވަނީ ތަމްރީނު ދޭ ރިސޯޓުގައި ތިބެގެން ކިޔަވާއިރު އެތަނުގައި ކިޔަވާ މީހުން ފަތުރުވެރިންނަށް ޚިދުމަތް ދެމުންވެސް ދާނެ. އަދި އެކި ޑިޕާޓްމަންޓްތަކުގައިވެސް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ," ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތް ނެތް ރަށްތަކުގައި ވެސް އެ ސިނާއަތް ތަޢާރަފުކޮށް ފުޅާކުރުމުގެ ވިސްނުން ސަރުކާރުގައި ހުރި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ބާރެއް ލިބި، ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެކެވެ.

ފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ފަތުރުވެރިކަން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

9 ދުވަސް ކުރިން - 14:46