Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަރުގެ އަދަބާއި ކުރިމަތިލާން ޖެހުނު 119 މީހުން ނައިޖީރިއާ ކޯޓުން ދޫކޮށްލައިފި

މަރުގެ އަދަބާއި ކުރިމަތިލާން ޖެހުނު 119 މީހުން ނައިޖީރިއާ ކޯޓުން ދޫކޮށްލައިފި

ޖަވާދު
578 ދުވަސް ކުރިން - 9 ނޮވެންބަރު 2024 15:16
ނައިޖީރިއާގެ ނައިބުރައީސް ކާޝިމް ޝެއްޓިމާ- އޭނާ ވިދާޅުވީ ދެވަނަ ފުރުޞަތެއް ދޭން ނިންމީ ކަމަށާއި އިތުރު ކުށްތަކަށް އަރައި ނުގަތުމަށް / ފޮޓޯ: އެރައިސް ޓީވީ
ނައިޖީރިއާގެ ނައިބުރައީސް ކާޝިމް ޝެއްޓިމާ- އޭނާ ވިދާޅުވީ ދެވަނަ ފުރުޞަތެއް ދޭން ނިންމީ ކަމަށާއި އިތުރު ކުށްތަކަށް އަރައި ނުގަތުމަށް / ފޮޓޯ: އެރައިސް ޓީވީ
ޚުލާސާ

ބަޣާވާތުގެ މައްސަލައިގައި ނައިޖީރިއާގެ ސަރުކާރުން މަރުގެ ޙުކުމް އިއްވަން އުޅުނު 119 މީހުންގެ މައްސަލަ ރައީސްގެ އަމުރުފުޅަށް ވަނީ އަނބުރާ ގެންދަވާފަ. ސަރުކާރުން ބޭނުންވަނީ އެމީހުންނަށް އަލުން ފުރުޞަތެއްދީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް.

އޯގަސްޓް މަހު ހިނގި އިޤްތިޞާދީ ހާލަތާ ގުޅޭ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށް މަރުގެ ޙުކުމް އިއްވުމަށް ދަޢުވާކުރި ނައިޖީރިއާގެ 119 މީހުން ކޯޓުން ދޫކޮށްލައިފިއެވެ. އެމީހުން ދޫކޮށްލީ ދައުލަތުން އެމީހުން މަރަން ކުރި ދަޢުވާ އަނބުރާ ގެންދިއުމާއި ގުޅިގެން ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. 

ނައިޖީރިއާގައި މަރާލަންވެގެން ދަޢުވާ އުފުލި 18 އަހަރުން ދަށުގެ ހުރިހާ ކުދިން ހިމެނޭހެން ޖުމްލަ 119 މީހުން، ދައުލަތުގެ އެދުމުގެ މަތީން ކޯޓުން ވަނީ ދޫކޮށްލާފައި.

Advertisement

Advertisement 1

މި މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤައުމަށް ޣައްދާރުވުމާއި ސިފައިންގެ ބަޣާވާތަކަށް ހިތްވަރުދިނުމުގެ ކުށުންނެވެ. މި މީހުން ކޯޓަށް ހާޒިރުކޮށްފައިވަނީ 76 އަދި 43 މީހުންގެ ދެ ގްރޫޕަކަށް ބަހާލައިގެން ވޭތުވެދިޔަ ހުކުރު ދުވަހު ކަމަށާއި، މި ދަޢުވާތަކުގެ ތެރެއިން އެއް ދަޢުވާގެ އަދަބަކީ މަރުގެ އަދަބު ކަމަށް ނައިޖީރިއާގެ ޕްރޮސިކިއުޓަރުން ވިދާޅުުވެއެވެ.

ރައީސް ބޯލާ ޓިނުބު ވަނީ އޯގަސްޓް މަހުގެ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެހާ ކުޑަކުދިން ދޫކޮށްލުމަށާއި އެ ކުދިންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ.

މުޒާހަރާތެރިންގެ ވަކީލު ދެޖީ އަދެޔާންޖު ރޮއިޓަރޒްއަށް ވިދާޅުވި ގޮތުގައި މައްސަލަ ވަނީ ބާޠިލްކޮށް، 119 މުޒާހަރާތެރިން ދޫކޮށްލާފައެވެ. އަދި މިހާރު އެ މީހުން އަލުން މުޖުތަމަޢަށް އަހުލުވެރިކުރުވުމަށާއި ބަދަލު ހޯދައިދިނުމަށް އެކި ސްޓޭޓްތަކުގެ ސަރުކާރުތަކުގައި އެދެމުންދާ ކަމަށް އޭނާއާއި ޙަވާލާދީ މަސްދަރުތަކުގައި ވެއެވެ.

ނައިޖީރިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަގަށް ނަގާފައިވާ 360 އަށްވުރެ ގިނަ މީހުން ނައިޖީރިއާ ސިފައިން ސަލާމަތް ކޮށްފި

ވަގަށް ނަގާފައިވާ 360 އަށްވުރެ ގިނަ މީހުން ނައިޖީރިއާ ސިފައިން ސަލާމަތްކޮށްފި

3 ދުވަސް ކުރިން - 00:04

ނައިޖީރިއާ ސިފައިންގެ ޖެނެރަލަކު މަރާލައިފި

ނައިޖީރިއާ ސިފައިންގެ ޖެނެރަލަކު މަރާލައިފި

62 ދުވަސް ކުރިން - 11:02

ނިރުނަވެރިންނާއި ދެކޮޅަށް އެމެރިކާއިން ނައިޖީރިއާއަށް 100 ސިފައިން ފޮނުވައިފި

އެމެރިކާއިން ނައިޖީރިއާއަށް 100 ސިފައިން ފޮނުވައިފި

113 ދުވަސް ކުރިން - 10:41

ނައިޖީރިއާގައި ޤަތުލުޢާންމެއް، 200 މުސްލިމުން މަރާލައިފި!

ނައިޖީރިއާގައި ޤަތުލުޢާންމެއް، 200 މުސްލިމުން މަރާލައިފި!

121 ދުވަސް ކުރިން - 17:07

އިނިގިރޭސީން ފަޤީރު ކޮށްލި ނައިޖީރިއާ، ތެލުގެ ހަބަކަށް ވަނީ

އިނިގިރޭސީން ފަޤީރުކޮށްލި ނައިޖީރިއާ، ތެލުގެ ހަބަކަށް ވަނީ

185 ދުވަސް ކުރިން - 10:20

ބޯކޯހަރާމްގެ 60 ޖިހާދިސްޓުން މަރާލައިފިން: ނައިޖީރިއާ ސިފައިން

ބޯކޯހަރާމްގެ 60 ޖިހާދިސްޓުން މަރާލައިފިން: ނައިޖީރިއާ ސިފައިން

376 ދުވަސް ކުރިން - 10:22