Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔަހޫދީންގެ ޖަރީމާތައް ހުއްޓުވުމަށް ޓްރަމްޕް މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށް އެރްދޮޣާން ވިދާޅުވެއްޖެ

ޔަހޫދީންގެ ޖަރީމާތައް ހުއްޓުވުމަށް ޓްރަމްޕް މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށް އެރްދޮޣާން ވިދާޅުވެއްޖެ

އާނާ ފަހީމް
578 ދުވަސް ކުރިން - 9 ނޮވެންބަރު 2024 13:31
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން
ޚުލާސާ

ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެމެރިކާގެ އިންތިޚާބީ-ރައީސް ޓްރަމްޕް މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ތުރްކިއޭގެ ރައީސް ވިދާޅުވެއްޖެ.

އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް، ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށް ތުރްކިއޭގެެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވެއްޖެއެވެ. އެރްދޮޣާން މިފަދައިން ވިދާޅުވެފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ހޯއްދެވުމާއި ގުޅިގެންނެވެ.

އެރްދޮޣާން ވިދާޅުވީ، މުސްލިމުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެޅިދާނެ އެއް ފިޔަވަޅަކީ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓާލުން ކަމަށެވެ. "ހަމަނުޖެހުންތައް ހުއްޓުވުމަކީ ޓްރަމްޕްގެ ވަޢުދެއް. އަޅުގަނޑުމެން ބޭނުމީ، ޓްރަމްޕްގެ އެ ވަޢުދުތައް ފުއްދެވުން އަދި އިސްރާއީލްގެ [ޔަހޫދީންގެ ޖަރީމާތައް] ހުއްޓުވުން،" އެރްދޮޣާން ވިދާޅުވިއެވެ.

ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 43,508 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި 17,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 102,684 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Advertisement

Advertisement 1

ލުބްނާނުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 3,102 މީހުން ޝަހީދުވެފައިވާ ކަމަށާއި، 13,819 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އެރްދޮޣާން އަކީ ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ އަދި އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރައްވަމުން ގެންދަވާ އެއް ލީޑަރެވެ. އޭނާ ވަނީ މި ޢުދުވާނާއި ގުޅިގެން އިސްރާއީލާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ވެސް ހުއްޓައިލައްވާފައެވެ. އަދި، ޔަހޫދީންގެ ޤަތުލުޢާންމުތަކާއި ގުޅޭ ގޮތުން ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޔަހޫދީންނާ ދެކޮޅަށް ވަކާލާތު ކުރުމަށް ތަދައްޚުލްވުމަށް ހުށަހަޅާފައެވެ.

ޑޮނަލްޑް ޓްރަމްޕުމެދުއިރުމަތިތުރްކިއޭރަޖަބް ތައްޔިބް އެރްދޮގާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

18 ގަޑިއިރު ކުރިން - 13:13

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

5 ދުވަސް ކުރިން - 10:19

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

6 ދުވަސް ކުރިން - 08:53

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

9 ދުވަސް ކުރިން - 06:21

އިސްރާއީލުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން ވަރުގަދަ ރައްދެއް ދީފި

އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފި

9 ދުވަސް ކުރިން - 05:32

އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އަވަސްއަރުވާނުލާނަން: ޓްރަމްޕު

އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އަވަސްއަރުވާނުލާނަން: ޓްރަމްޕު

10 ދުވަސް ކުރިން - 08:09