Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުޅަނދު ރަޖިސްޓްރީ ކުރުމުގެ ކުރިން ގަރާޖް ކަށަވަރުކުރަން ޖެހޭނެ ގޮތަށް ޤަވާޢިދު އިޞްލާޙްކޮށްފި

އުޅަނދު ރަޖިސްޓްރީ ކުރުމުގެ ކުރިން ގަރާޖް ކަށަވަރުކުރަން ޖެހޭނެ ގޮތަށް ޤަވާޢިދު އިޞްލާޙްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
688 ދުވަސް ކުރިން - 8 ނޮވެންބަރު 2024 13:53
އުޅަނދުތަކުން ތޮއްޖެހިފައިވާ މާލޭގެ މަގުމަތި - 4 ފުރޮޅީ އުޅަނދު ރަޖިސްޓްރީ ކުރާއިރު ގަރާޖެއް ހުރިތޯ ޔަޤީންކުރާނެ.
އުޅަނދުތަކުން ތޮއްޖެހިފައިވާ މާލޭގެ މަގުމަތި - 4 ފުރޮޅީ އުޅަނދު ރަޖިސްޓްރީ ކުރާއިރު ގަރާޖެއް ހުރިތޯ ޔަޤީންކުރާނެ.
ޚުލާސާ

މި ވިއުގައިގައި އަމިއްލަ ފަރާތްތަކުގެ ގަރާޖުތަކާއި، ސަރުކާރުގެ ޕާކިން ބިލްޑިންތަކާއި އަދި އެހެނިހެން ގަރާޖުތައްވެސް ހިމެނޭނެ ކަމަށާއި މިއާއެކު ހައްލު ނުވެ އޮތް މި މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކުރި.

ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ ކުރިން އެ އުޅަނދު ބޭއްވޭނެ ގަރާޖެއް އޮތްކަން ކަށަވަރުކުރަންޖެހޭގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިޞްލާހުކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަލަށް އެކުލަވާލި ޤަވާޢިދުގައިވާގޮތުން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ނުވަތަ ވުޒާރާއިން ކަނޑައަޅާ ފަރާތަކުން ބަލައި ކަށަވަރު ކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެކުރިން ޤަވާޢިދު އޮތީ ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ގަރާޖެއް އޮތްކަމުގެ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް ދެއްކުމަށެވެ. އަދި އެ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހަޅަން ޖެހުނު ނަމަވެސް އޭރު އެ ގަރާޖުގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ކަށަވަރުކުރާކަށް ނުޖެހެއެވެ.

Advertisement

Advertisement 1

ގަރާޖެއްނެތި އެތެރެކުރާ އުޅަނދުތަކުގެ ސަބަބުން މިހާރުވެސް މާލޭގެ ޕާކިންއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މާލެ ސިޓީ އާއި އެޗްޑީސީގެ ދަށުން ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ޖާގަތަކާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުން ވިޔަފާރިއާއި ގުދަނުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ތަންތަން އެއްވިއުގައަކުން ގުޅާލުމަށް ވަނީ ނިންމާފައެވެ.

މި ވިއުގައިގައި އަމިއްލަ ފަރާތްތަކުގެ ގަރާޖުތަކާއި، ސަރުކާރުގެ ޕާކިން ބިލްޑިންތަކާއި އަދި އެހެނިހެން ގަރާޖުތައްވެސް ހިމެނޭނެ ކަމަށާއި މިއާއެކު ހައްލު ނުވެ އޮތް މި މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކުރިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް 468 އުޅަނދު ޓޯކޮށްފި

468 އުޅަނދު ޓޯކޮށްފި

585 ދުވަސް ކުރިން - 12:17

މާލޭގައި އީވީ ޓެކްސީގެ ޚިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި

މާލޭގައި އީވީ ޓެކްސީގެ ޚިދުމަތް ދޭން އެމްޓީސީސީއަށް

592 ދުވަސް ކުރިން - 13:02

ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން 446 އުޅަނދު ނައްތާލައިފި

ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން 446 އުޅަނދު ނައްތާލައިފި

593 ދުވަސް ކުރިން - 23:26

އުމުރު ހަމަވެފައިވާ އުޅަނދުތައް ރަޖިސްޓްރީކުރަން އިތުރު މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފި

އުމުރު ހަމަވެފައިވާ އުޅަނދުތައް ރަޖިސްޓްރީކުރަން އިތުރު މުއްދަތެއް

626 ދުވަސް ކުރިން - 16:05

ވައިގެ ހާދިސާތައް ތަހުޤީޤުކުރާނެ ވަކި އިދާރާއެއް އުފައްދަނީ

ވައިގެ ހާދިސާތައް ތަހުޤީޤުކުރާނެ ވަކި އިދާރާއެއް އުފައްދަނީ

627 ދުވަސް ކުރިން - 18:38

އާ ބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރު މި މަހު 21 ގައި

އާ ބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރު 21ގައި

628 ދުވަސް ކުރިން - 15:47