Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ތަޢުލީމީ ނިޒާމުގައި ބޭނުންކުރުމަށް މީޑިއާ ލިޓެރެސީ ކަރިކިއުލަމެއް އެކުލަވާލުމަށް ނާޒިމް ގޮވާލައްވައިފި

އަައިޝަތު ޒީނާ
708 ދުވަސް ކުރިން - 7 ނޮވެންބަރު 2024 17:12
ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސްގެ އާންމު މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދު ބައިވެރިވެވަޑައިގަންނަވަނީ.
ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސްގެ އާންމު މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދު ބައިވެރިވެވަޑައިގަންނަވަނީ.
ޚުލާސާ

ނާޒިމް ވިދާޅުވީ ކޮމަންވެލްތުގެ ޤައުމުތަކުން ތަޢުލީމީ ނިޒާމުގައި ބޭނުންކުރުމަށް މީޑިއާ ލިޓެރެސީ ކަރިކިއުލަމެއް އެކުލަވާލަން ޖެހޭ ކަމަށާއި، އެ ކަރިކިއުލަމަކީ ހުރިހައި ޢުމުރު ފުރައަކަށް އެކަށޭނެ މަންހަޖެއް ކަމުގައި ހަދަން ޖެހޭ ކަމަށް.

ކޮމަންވެލްތުގެ ޤައުމުތަކުން ތަޢުލީމީ ނިޒާމުގައި ބޭނުންކުރުމަށް މީޑިއާ ލިޓެރެސީ ކަރިކިއުލަމެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ނާޒިމް މިފަދައިން ގޮވާލެއްވީ މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ތަޤުރީރުކުރައްވަމުންނެވެ.

ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި މިއަދު ތަޤްރީރު ކުރައްވަމުން ނާޒިމް ވިދާޅުވީ ކޮމަންވެލްތުގެ ޤައުމުތަކުން ތަޢުލީމީ ނިޒާމުގައި ބޭނުންކުރުމަށް މީޑިއާ ލިޓެރެސީ ކަރިކިއުލަމެއް އެކުލަވާލަން ޖެހޭ ކަމަށާއި، އެ ކަރިކިއުލަމަކީ ހުރިހައި ޢުމުރު ފުރައަކަށް އެކަށޭނެ އަދި މެންބަރު ޤައުމުތަކުގެ އަމިއްލަ ސަޤާފަތަށް ބައްޓަން ކުރެވޭ މަންހަޖެއް ކަމުގައި ހަދަން ޖެހޭ ކަމަށެވެ.

Advertisement

Advertisement 1

"މިޒަމާނުގައި މިޑިއާއަށް މުޖުތަމަޢު އަހުލުވެރި ކުރުމަކީ އިޚުތިޔާރީ ހުނަރެއް ނޫން. އެއީ ޑިމޮކްރެޓިކް ވެށްޓެއްގައި ފަރުދުންނާއި ޖަމާޢަތް ބައިވެރިވެ ބިނާކުރަނިވި މަސައްކަތެއް ކުރުމަށްޓަކައި ހޭލުންތެރި ރައްޔިތެއް ބިނާ ކުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ހުނަރެއް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަފުޅުގައި ހުށަހެޅުއްވީ، ޕްރައިމަރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތަޢުލީމާ ހަމައަށް ހުރިހައި ޢުމުރުފުރައަކާ ގުޅޭ މަންހަޖެއް އެކުލަވާލުމަށް ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންއިން ވޯކިން ގްރޫޕެއް އެކުލަވާލުމަށެވެ. އަދި އެފަދަ ވޯކިން ގްރޫޕެއްގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވާނެ ކަމުގެ ޔަޤީންކަންވެސް ނާޒިމް ދެއްވިއެވެ.

މީގެ އިތުރުން، ނާޒިމް ހުށަހެޅުއްވީ، ކޮމަންވެލްތުގެ ޤައުމުތަކުގެ ސްކޫލްތަކުގައި މީޑިއާ ލިޓެރެސީގެ މާއްދާ ކިޔަވައި ދިނުމަށާއި އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކޮށް ވަސީލަތްތައް ކަނޑައެޅުމުގައި ޤައުމުތަކުގެ ޕާލަމެންޓުން އެހީތެރިވެ ދިނުމަށެވެ.

"ފޭކް ނިއުސްއާއި މަޞްނޫޢީ މީޑިއާއިން އަޅުގަނޑުމެންގެ ޑިމޮކްރެޓިކް މުއައްސަސާތައް ޙިމާޔަތްކުރެވޭނީ ޖަމާޢަތުގެ ދިފާއުގެ ފުރަތަމަ އައްޑަނަ ކަމަށްވާ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށްގެން." ނާޒިމް ވިދާޅުވިއެވެ.

ޤައުމީ މުހިންމު މައްސަލަތަކަށް ސްކޫލް ނިޒާމުގެ ތެރެއިން، ދަރިވަރުން މެދުވެރިކޮށް ބެލެނިވެރިންނާއި ޖަމާޢަތް ހޭލުންތެރިކުރުމުގައި ކާމިޔާބު މަސައްކަތެއް ކުރެވިދާނެ ކަމަށް ވިދާޅުވެ ނާޒިމް ވަނީ ރާއްޖެއިން ހިންގާފައިވާ ސްކޫލް ހެލްތުގެ ކާމިޔާބު ޕްރޮގްރާމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭން ގައިންގަޔަށް އަރާބަލިތައް ކޮންޓްރޯލުކޮށް ޕަބްލިކް ހެލްތު ދާއިރާއިން ހޯދި ކާމިޔާބީ ނާޒިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ "ކޮންމެ ގޭބިސީއެއްގައި މަޢުލޫތަށް ފާރަވެރިއެއް" ބެހެއްޓުމަށް ވެސް ހުށަހަޅާފައެވެ. އެމަނިކުފާނު ހުށަހެޅުއްވި "ހައުސްހޯލްޑް އިންފޮމޭޝަން ގަރޑިއަން" މޮޑެލްއަކީ މީޑިއާއަށް ހޭލުންތެރިވެފައިވާ ދަރިވަރުން، އެ ދަރިވަރުންގެ މީޑިއާ ލިޓެރެސީގެ ހުނަރުތައް ބެލެނިވެރިންނާއި ޖަމާޢަތާއެކު ޙިއްޞާކުރުމުން ޖަމާޢަތުގެ ފެންވަރުގައި މީޑިއާއަށް ހޭލުންތެރި މުޖުތަޢެއް ބިނާކުރުމަށް ހުށަހެޅުއްވި މޮޑެލްއެކެވެ.

ނާޒިމްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގައި މީޑިއާ އާއި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން ވެދެއްވާ ދެމެހެއްޓެނިވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދު އޮތް ގުޅުމަކީ ކޮމަންވެލްތުގެ މެންބަރުންގެ މެދުގައި އެއްބާރުލުމުގެ މޮޑެލެއް ކަމަށްވެސް ނާޒިމް ސިފަކުރެއްވިއެވެ.

"ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބެ، އަޅުގަނޑުމެނަށް އަތް އުރާލައިގެން ތިބެވޭކަށެއް ނެތް. ޑިމޮކްރެޓިކް ވެށީގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ދަމަހައްޓައި، ހިމާޔަތްކޮށް، ކޮންމެ ރައްޔިތަކަށް ވެސް ހަޤީޤަތާއި ޚިޔާލީ ވާހަކަތައް ވަކިކުރެވޭނެ ގޮތް ހަދައިދީ، އެކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް! ވާޖިބެއް!" ނާޒިމް ވިދާޅުވިއެވެ.

ސިޑްނީގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ބާއްވާފައިވާ 67 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސްގައި 56 ގައުމެއްގެ މަންދޫބުންވަނީ، ފުޅާވަމުންދާ ޑިޖިޓަލް ލޭންޑްސްކޭޕްގައި ޑިމޮކްރެސީ ރައްކާތެރިކުރުމުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

10 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

12 ދުވަސް ކުރިން - 10:37

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

23 ދުވަސް ކުރިން - 14:44

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

31 ދުވަސް ކުރިން - 10:47

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

50 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

50 ދުވަސް ކުރިން - 14:10