މަޓާޓޯގެ މޯލްޑިވްސް ފައިންޑަރ 2025 މަޖައްލާ ލަންޑަންގައި ރަސްމީކޮށް އިފްތިތާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 393 ދުވަސް ކުރިން - 7 ނޮވެންބަރު 2024 13:44
ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު ފައިސަލް އަދި މަޓާޓޯއާއެކު މޯލްޑިވްސް ފައިންޑަރ 2025 މަޖައްލާ އިފްތިތާހުކުރަނީ.
ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު ފައިސަލް އަދި މަޓާޓޯއާއެކު މޯލްޑިވްސް ފައިންޑަރ 2025 މަޖައްލާ އިފްތިތާހުކުރަނީ.
ޚުލާސާ

މި މަޖައްލާގައި ދިވެހިރާއްޖޭގެ އެކި ކަންކަން ހިމަނާފައިވާއިރު، ރާއްޖޭގައި ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ކެއުންބުއިމާއި، ފޮޓޯގްރަފީއާއި، ސަގާފަތާއި، އަދި ދިވެހިރާއްޖޭގެ ރީތި އެކި މަންޒަރުތަކުގެ މައުލޫމާތު ހިމަނާފައިވޭ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން ކޮންމެ އަހަރަކު ނެރޭ މޯލްޑިވްސް ފައިންޑަރ 2025 މަޖައްލާ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި މަޖައްލާ އިފްތިތާހުކޮށްދެއްވީ ލަންޑަންގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓު ފެއަރގައި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އިބްރާހިމް ފައިސަލެވެ.

މި މަޖައްލާ ނެރެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ އެންޑޯސްމަންޓާ އެކުގައެވެ. މި މަޖައްލާގައި ދިވެހިރާއްޖޭގެ އެކި ކަންކަން ހިމަނާފައިވާއިރު، ރާއްޖޭގައި ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ކެއުންބުއިމާއި، ފޮޓޯގްރަފީއާއި، ސަގާފަތާއި، އަދި ދިވެހިރާއްޖޭގެ ރީތި އެކި މަންޒަރުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

މީގެ އިތުރުން، މި އަހަރުގެ އަދަދުގައި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތަކާއި، ހުނަރުވެރިންނާއި، އަދި އެކި ވިޔަފާރީތަކުގެ ލިޔުންތަކުގެ އިތުރުން ދަތުރުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މަޖައްލާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީގޮތުގައި މަޖައްލާ ނެރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%